English Edition
Dhivehi Edition

ގަބިޅި ބޯކިބާ މީ އަނގާއް ނިލާހިކަ މީރި ދިވެހިން ނިލާހިކަ ގިނައިން ކާއި ހަދާ އެއްތައް. ގަބިޅި ބޯކިބާ އެޑާއް ދެންނަ މީީހުންނަސް ވަރައް ގިނަ ވޭހެއް . މިފަހަރަ އޭއޯ އަށިމަތިން އައްޑޫ ބަހުން ގަބިޅި ބޯކިބާ ފިހާލެއް .

ގަބިޅި ބޯކިބާ އެޑާއް ބޭޱުން ވޭ ސާމާން

2 ލާހި ގަބިޅި ހުނި

1 ލާހި ހަކުރު

1 ލާހި ފިށި

1/2 ލާހި ފެން

1 ބިސް

ކުލަހިފާ ވަރައް ރީނދޫ

 

ގަބިޅި ބޯކިބާ އެޑާލެއް

އެންމެ ފެރަތުމާއް ބިހާއި ހަކުރާއި ހުނިއެއި އެއްކޮއްގަން މަޑުނަޱެއި ހަކުރު ގެރޭތިކޮއް. ހަކުރު ގެރެޱަމެއި އޭނަ އެތެރައް ފެނާއި ފިށިއެއި ރީނދުލާއި އެޑަފެއި ރަނގަޅާއް އެއްކޮއްލީމެއި ހިންނަޱެއި ފިށިގަނޑަ ތައްޔާރަ ވެގޮސް. ދެން ތަވާއި ގިތެއު ކެޑައްލާފެއި ތައްޔާރަކެޑަ ގަބިޅިބޯކިބާފިށި ތަވާއް އެޑަފެއި މަޑަ އަލިފާނެ ފިހަލާޱެއި.