English Edition
Dhivehi Edition

ކެއުފިއްކިރަކީ އައްޑޫމީހުން ކައްކާ ވަރައް މީރި ފޮޱިކާއެއްތައް. ހާއްސަކޮއް ރޯދަމަހި ވަރައް ގިނައިން ކައްކާ އެއްތައް. އައްޑޫ ގިނަމީހުން ގަބޫލުކެރާށީ ކެއުފިއްކިރަކީ އެތަރަހަށި ފިނިކޮއްދޭ ކެއުމައް ކަމައް. ކެއުފިއްކިރި ކައްކަނީ މާޅަސް ކޭލާއި ހަނޑޫފިށިއެއި ކައިށިކިރެ ކައްކަގަން. ކެއުފިއްކިރި ކަނީ ކައްކަގަން ފިނިވީމެއި ފިހިމަހާއި ނުންފެހޭ ހެދިމަހާއި ލާގަން. ކެއުފިއްކިރަކީ މިކަލަސް އައްޑޫގެ މަޤުބޫލު ކެއުމަކައް ވިޔަސް ޒަމާނާއި އެކީ ކެއުފިއްކިރި ކެއްކުން މަދަވެގެ . އެހެންވީމެއި ކެއުފިއްކިރި ކައްކާލެއް މިހިށީ ރޯދަމަހާއި ދިމާކޮއް ކިއުންތެރިންނައްޓަކައި ލޭފެއި .

ކެއުފިއްކިރި ކައްކާއް ބޭޱުންވޭ ސާމާނު

2 ވައް މާޅަސްކެއު (މަށަފެއި ވައް ފޯތައް ތުނިތުނިިކޮއް ފެނަ ިއެތެރައް ކޮށަފެއި)

1 ޖޯޑު ހުދު ހަނޑޫ ( ހިމިން އަނދުންހެން ފިނޑަފެއި)

2 ޖޯޑު ދޯބުރާލި ހަކުރު

3 ޖޯޑު ކައިށިހުނިން ފެލާފެއި ހިށި 1 ޖޯޑު ބޯކިރާއި 8ޖޯޑު ފެންކިރި

ޖޯޑު މައުފެން 1

ކެއުފިއްކިރި ކައްކާލެއް

އެެންމެ ފެރަތުމާއް ތޭލަކައް 4 ޖޯޑު ފެންކިރާއި 1 ޖޯޑު ހަކުރު އެޑަފެއި ބޮކިޖަހާތިކޮއް ކައްކާޱެއި. ދެން ކެއު (ފެނުން ނަގަފެއި) އެޑަލާޱެއި. އެޑަފެއި މަޑައަލިފާނެ ކެއު މަޑަވޭތިކޮއް ކައްކާޱެއި. ކެއު މަޑަވީމެއި ބާކީ ހިށި ހަކުރަސް އެޑަފެއި އެއްކޮއްލާޱެއި. އަދި ބާކީ ހިށި 4ޖޯޑު ފެންކިރައް ފިނޑަފެއި ހިށި ހަނޑޫ ގަރަފެއި އޭޔަސް އެޑަލާޱެއި. ދެން މަޑަމަޑުން ދަބަކުން ހެލުވަމުން މަޑަ އަލިފާނެ ކައްކާޱެއި ހަނޑޫ ރޯފަލަގެން ބޮކިޖަހަފެއި ކެއްކޭތިކޮއް. ކެކެޱަމެއި ބޯކިރިއެޑަފެއި އެކޮއްފެއި މައުފެން ފޮދާސް އެޑަފެއި ރަންގަޅާއް އެއްކޮލީމެއި ހިންނަޱެއި ކެއުފިއްކިރި ކެއްކިގޮސް. ދެން ތަށި ތާށައް އެޑަފެއި ފިނިވޭތިކޮއް ބާތިބާޱެއި

ޓެގު