ކުބުހަކީ އައްޑޫމީހުން ކައިށިހުނިއެއި ހަނޑުލާއި ބޭނުންކޮއްގަން ތައްޔާރަކެރާ ވަރައް މީރި ފޮޱިކާއެއްތައް. އެހެންވީމެއި މިއޮތީ އިހު އައްޑޫ މީހުން ކުބުސް ފިހާ ހާއްސަ ތާހާއި ދަރަ އުނދުނުން ކުބުސް ފިހިލެއް. އެހެން ފެހޭސް މި ކުބުސް ފިށިގަނޑުން ތަވާއި އަސް ކުބުސް ފިހޭހެއް.
ކުބުސް ފިށިގަނޑަ ހަދާއް ބޭޱުންވޭ ސާމާން
* 2ލާހި ހަނޑޫ ،ވަރައް ހިމިންކޮއް ފިނޑަފެއި
* ލާހިފެރާއި ކައިށަކި ހުނި ތަންކެޑައް ބޮނޑަކޮއް ހިންނަަ ވަރައް ފިނޑަފެއި
* 2ލާހި ދޯބުރާލި ހަކުރު
* 1 ބިސް
* ރީނދޫ (ކުލަހިފާވަރައް)
* މައުފެން ( ބައި ލާހި)
ކުބުސް ފިހާއް ބޭޱުންވޭ ސާމާން
* ކުބުސް ފިށި
* ބޯތާށައް
* ކޮކިން ތެއު (ގާއްގަޑަކައް ބައި ލާހި)
* ކުބުސްފިހާ ތާހައް
* ކުބުސް ފިހާ ތާހާއި މައްތަ ޖަހާޱަ ޓީނު ފޯތައް
* ނައިށި އަނގުރ
ކުބުސް ފިހާ ފިށިގަނޑަ ހަދާލެއް
އެންމެ ފެރަތުމާއް ތޭލަކައް ހުނިއެއި ހަކުރާއި މައުފެނާއި ރީނދުލާއި(ކުލަހިފާވަރައް) އެޑަފެއި ދަބަކުން އެއްކޮއްލާޱެއި. ދެން މަޑަ އަލިފާނެ ހުނި ރޯފަލާތިކޮއް ކައްކާޱެއި. ހުނިގަނޑަ ކެކެމުން ބޮކިޖަހަމުން އޭކޯ ދަބަކުން ހެލުވާއް ވޭހެއް އެނުންފެހޭ ތޭލަފުލަ އަލަގަން ދުންގިނައިއޭހެއް. ގާއްގަނޑަކައް ދެހަ ވަރަކައް މިނިޓައް ކެއްކޭކޯ ހިންނަޱެއި ރޯފަލަފެއި. ހުނިގަނޑަ ކެކިގެން ރަންގަޅާއް ރޯފެލިމެއި އުނދުނުން ބާފެއި ފިނިވޭތިކޮއް ބާހިށުވާޱެއި. ފިނިވީމެއި ހުނިގަނޑި އެތެރައް ހަނޑުލާއި ބިހާއި އެޑަފެއި ރަނގަޅާއް އެއްކޮއްލީމެއި އެހިށީ ކުބުސް ފިހާ ފިށިގަނޑަ ހެދިގޮސް
ކުބުސް ފިހާލެއް
ކުބުސް ފިހާ ތާހާއި އެތެރަ ކޮކިންތެއު ފޮދައް ލާފެއި އުނދުނައް އަރުވަފެއި ހުޱުކެރާޱެއި. ތާހާ ހުޱުވީމެއި ބޯތާށަކި ފުރެއިހިށި ކުބުސް ފިށި ތާހާއް އެޑަލާޱެއި. އެޑަފެއި ޓީނުފޮތިޔެން ތާހާއި މަތި ޖަހަލާޱެއި ދެން ދެބިތަ އަނގުރު އަލިފާން ލާފެއި މަޑަ އަލިފާނެ ފިހަލާޱެއި. ކުބުހާ ފިހެޱަމެއި ހިންނަޱެއި މައްތެ ރައް ތޮށިލާފެއި. އެތެރެ ރޯފެލިތޯ ބަލާއް ލިއެށައް ކުއްލަފެއި ނަގާކޯ ލިއެށާއި ފިށި މެޑިފެއި ނެއްފެހޭ ހިންނަޱއެި ފށި ރޯފަލަފެއި ކުބުހާ ފިހިގޮސް. ކުބުހާ ފިހެޱަމެއި ތާހާން ނަގަފެއި ބާވާޱެއި. ދެން އެނައްކަލަސް ތާހާއި ތެއު ފޮދައް ލާފެއި އެނައް ކުބުހާ ފިހާޱެއި. މިގޮތައް ފަހަރަކި ކުބުހައް ފިހަމުން ފިހަމުން ގޮސް ފިށި ހުސްވޭތިކޮއް ކުބުސް ފިހާނެއި..