ރައްކެޑެގޭ ކަލޭއަކީ ފޭދޫ ރަށި އެންމެކެޑެ ގޭ އެޑަގެން ވޭނޑެޱެ މީހައް. އާނބައް ދާރައް ނެއް އެކަނިވެރިޔައް. އެދުވަސްވަރަކީ ކާބޯއެއްތެތި ލިބުން ދަތި ދުވަސްވަރައް. ކާޑުގެ ބާވަތަކީ މާގިނަ ބާކިން ދަކުނެ އެއްތައްނުން. އެހެންވީމެއި ބަންކޭލާއި އަލާއި ފަޅޯކާއި ކޭވަކާއި މި އެއްތެއްތަކީ ވަރައް އަގަހިށި އެއްތެތި.
އެއްދުވެހި ފަތުސް ފަތުހެއި ތެދުވިގެން ރައްކެޑެގޭ ކަލޭގެ ވަލައްވެދެގެން ހިނގާވޭލެއި ގިހަކި އޮއް ދޮންކޭވަކައް ފެނިގެ. ހަލޫހަލޫކޮއް މިޔާ ކަނޑަގެން ރަށިއެތެރައް އެބެގެ. އެންމެ ކުރިން ޖެހެޱެ ގޭ މެދުވާތައް މިޔާ ވައްޓަލާއި ކޭފި. އަންސައު، މިއޮތީ ތަފިރިންނައް ދޭއް އަދަ ތިމާއް ލިބެޱެ އެއްތަކާއު. އެގޭ މީހުން ވީ އުފަލަން ގޭ ތިބި އެންމެ ރަންގަޅަ ކާޔޭނާއި ބޯޔޭނާއި ދެރެފެއި ދޮހާއް ދެރެފިޔަ. މިކަލޭގެ ނުކުމިގެން އެބޭމުން ގެއި ކޭވަކާ ކޮނޑެލާގެން. ދެން ޖެހެނެ ގެއް ވެދެކޭފި. އަންސައު މިއޮތީއައު އަދަ ތަފިރިންނައް ދޭއް މައް ލިބެނެ އެއްތަކީ . މީތެދައްކަމުގައި ހިތެއި މިގޭ މީހާސް މިކަލޭގެއައް ތިބި އެންމެ ހެއު ލޮނައް ފެނައް ދެރެފެއި ދޮހާއް ދެރެފިޔަ. މިގެން އެބޭމުނަސް ގެއި ކޭވަކާ ކޮނޑެލާގެން.
މިގޮތައް އެތައް ދުވަހައް ވޭތިކޮއް މިކަލޭގެ ކާއި ބޯއި ހެދީ މެހެން.