ނުންސުރިިވޭ ވާހަކާއި ކުއްސުރިވޭ ވާހަކާއި ފޮތިގަނޑި އައްލަވާ ވާހަކަ މީ އަފިރިން އައްޑޫ އެންމެންނަށަސް އިވިފެއި ތިބޭޱެ ވާހަކަތައް . އެހެންފެހޭސް މައު ހީވެނީ މިކޯ އަފިރިންނައް މިބަސްތަކި މާނަސް ކޮންމެސް ވަރާކައް އޮޅޭހެން، މިކޯ މިބަސް އާންމުކޮއް ބޭނުން ނިކެރާމެއި.
ނުންސުރިވުން މިބަހާކީ ކަމައް ކޮއްލާއި ދޭނައްކަމައް ހެދިގެން ހިށިމެއި ބެޱާބަހައް .
ކުއްސުރިވުން މީ މާބޮނޑައް ތުއިވެގެން ގޮއްދެއްކިމެއި ބެޱައިހަދާބަހައް. އާންމުކޮށް މިބަހާ ރައްދުވޭށީ އަންހެން ކުދިންނައް
ފޮތިގަނޑި އައްލެވުމަަކީ މީހަކާ ކަމައް އެނގިހިށަ އެކަން ތިމާއް ނިއެނގޭ ކަމައްް ހެދިގެން ހިށެ އެކަމާއި ބެހޭގޮތުން ސުވާލަކޮއް ހެދިމެއި އެމީހާއި ދިމާއް ބެޱާބަހައް.