English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި ކުދިންތަކެއް މިއަދު ފުއްޓަރު ފަރާތު މޫދަށް އެރިގެން އުޅެނިކޮށް އޭގެތެރެއިން ތިންކުދިން ގެއްލިގެން ހޯދަން ފަށައިފިއެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ލިބިފައި ވާ ގޮތުގައި ގެއްލުނު ތިން ކުދިންގެ ތެރެއައިން އެއްކުއްޖަކު ފެނިގެން މިހާރު ހިތަދޫ ހޮސްޕިޓަލްގެ އެމަޖެންސީގައި އެކުއްޖާ އަށް ފަރުވާދެމުންދާއިރު އެކުއްޖާގެ ހާލު މިހާރު ރަނގަޅެވެ. ފެނިފައިވަނީ އުމުރުން 16 އަހަރުގެ އަލީ އާރިފް ކިޔާ ފިރިހެން ކުއްޖެކެވެ. ނަމަވެސް އަނެއް ދެކުދ ީންނުފެންނަކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފް ސަދަން އޭރިޔާގެ ޓީމަކާއި، އެމްއެންޑީއެފް ސަދަން އޭރިޔާގައި އޮންނަ ހެލިކަޕްޓަރު ވެސް މިހާރު ދަނީ ގެއްލުނު ކުދިން ހޯދުމަށް ހަރަކާތްތެރި ވަމުންނެވެ.