English Edition
Dhivehi Edition

ވޭސްޓް ކަލެކްޝަން ސަރވިސް، އިން ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ވެބްސައިޓުން އޮންލައިން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 16 މެއި 2017 ވަނަ ދުވަހުން ފެށިގެން ތައާރަފުކުރި މި ހިދުމަތުގެ ބޭނުމަކީ ފައްސޭހަކަމާއެކު ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފައްސޭހަކޮށްދިނުން ކަމުގައި ވެމްކޯއިންވަނީ ބުނެފައެވެ. އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށްޓަކައި ވެމްކޯގެ ވެބްސައިޓްގައިވާ ލިންކް https://reg.veshifaara.com/ މެދުވެރިކޮށް އެފަރާތެއްގެ ފުރިހަމަ މައުލޫމާތާއި އައިޑީކާޑުގެ ކޮޕީ އެޓޭޗްކޮށްފައި ފޮނުވުމަށްފަހު ފޯނަށް އަންނަ ވެރިފިކޭޝަން އަދަދު ޖެހުމުން ރެޖިސްޓްރީވެވުނީއެވެ. މީގެ އިތުރުން ވެބްސައިޓުން (http://wamco.com.mv) ފޯމް ޑައުންލޯޑްކޮށް ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކޮށްގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ކުރިއެކޭ އެއްފަދައިން ވެމްކޯ ހެޑް އޮފީހުން ފޯމް ދޫކުރުމާއި ބަލައިގަތުމުގެ ޚިދުމަތް ކުރިއަށްދާނެކަމަށް ވެމްކޯއިން އިން ވަނީ ބުނެފައެވެ. މިހާރު މާލެ ސިޓީ، ހުޅުމާލެ ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގައި ހިދުމަތް ބޭނުންވާ ފަރާތްތަކަށްވެސް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. ވެމްކޯއިން އައްޑު ސިޓީގައި ދެމުން އަންނަ ހިދުމަތުން ކޮންމެ ގޭބިސީއަކުން 100 ރުފިޔާގެ ފީއެއް ނަގަމުން އަންނައިރު މިހާރު އައްޑޫ ސިޓީގައި ކުނީގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހައްލުވެފައެވެ. ވެމްކޯ އިން ދެމުންދާ ހިދުމަތުގެ މައުލޫމާތު މަޢުލޫމާތު ހޯދުމަށް ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުއްވުން އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.

ޓެގު