ދީމަނާ އިޔެގެ ފިރިމީހާ ތައްކާނައް ރިޑިއަރަގެން ގެން ނުކުމިގެން އެބެގެ. މީތައްކާނަކައް އައުކަމައްނުން. އެހެންވެ މިކަމަކާއި އަޅާނިލައި. އެރެއި އިޝާ ނަމާދަކޮއްގެންތައްކާނު ގެއު އާކަލަސް ދީމަނާ ގެއް ނިއެއި.
ދުވަސްވަރަކީ ޖަންބު މޫސުމުގެ ދުވަސްވަރަ. އެގޭ މެދުވާތެ ހިންނެ ޖަންބުގިހާ އޮތީ ޖަންބުން ބަރާކޮއްފެއި. ވައުލު ނިއަރާހެއްލެކައް ތައްކާނު ހިންނެއި ގިހާއި ހޮޅިބުރިއައް ދިއްލަފެއި. އަދި ދެ އިފަގަނޑި ދޭތެރެ ފައްޖެހި އެނދައް ބާފެއި ވެށިފެއި އޮވޭލެކައު ހަދަފެއި.ވައުލާމެންނައް ފާރަލާގެން ތައްކާނު އޮންނެއި ހެއިލާއި މިއެނދެ.
ފަތިސްވީމެއި ހަނަގެން މިސްކިދައް އޭއް ނުކުއްތަނުން ތަލައިމެދެ އާސް ބޮނޑޮ ޖަންބަކުން ޖެހިގެ.މީ ވައުލާގެ ކަމައްކަމުގައި ހިތެއި ތައްކާނު ކޭފި. ހިށި ނިލަފާކަން ބަލަފެލާއްކެން. މަހަމަ ގިހާން އެރެޱެހެއިލަހައް ޖަންބުކާފެއި ވައްޓާއް ފައްޓަގަތާއު.މިކޯ ރިވެތި ބޯނޑައް ދޭށުމާއު. މެހެން ކޭފެއި ގިހާއި ދަށައް އޮނބަ އެޑަފެއި ދުންޖަހަލާއި ތައްކާނު އެބެގެ. ނަމާދުން އާސް ވަންތަނުން އެނެއްކޯ ދެކަޅިދޭތެރެ ޖަންބަކުން ޖެހިގެ. ތައްކާނު ރިޑިއަރަގެން ގަޱިަގައް. މިކޯ މިތިބޭ ވައުލާމެންނަކީ މީ ހައުދަހައި ލަދަ ހަޔާއް ކުދު އެއްތަކާއު.ބަލަހަމަ މަގައި ނުންފެހޭ ނިއަސް ޖަހައިއައު. މިއައް މިކޯ ދޭޱެއި ދޫލަނޑާއް ނުނާއު.މެހެން ކޭފެއި ކުރިނައްވަނި ގިނަ އޮނބަ އެޑަލާއި ސައިބޯއް އެބެގެ. ކުއްލިއަކައް މީހަކާ މާ ދެޅެހިކޮއް ކެއްސަގެން ސަލާމައް ނިވެގެން ހިނގާ އަޑަކައް ނުކުމި ބެލިކޯ ޖަންބުގިހާން ފުންމީ ދީމަނާ.