English Edition
Dhivehi Edition

ތުއްބީގެ ކަލޯއަކީ ވަރައް ލާނައް އެޑަގޭ ކަލޯއައް. ކޮންމިއަސް އެހެކާއް ލަނޑައް ދޭނެ ވަގުތަކައް ހިންނެޱެއި ބަލަބަލައި. ކަލޯ ވޭނޑޭށީ ދޮންއަމާއި ދޮން މާމާއި ދެވެރިން އެކެހޭ.އަމާވެނީ މަރަވެފެއި. ދޮންއަމާއި ދޮން މާމާއި ދެވެރިން ކަލޯއައް ވަރައް ހެއުވޭހެއް. މިދެވެންނަކީ މީ މެދެ ރާއްދެތެރޭ ދެވެރިޔަ.

ކަލޯ ޙުސެއިނިއްޔާއި މުދައްރިސްކަން ކެޑެ ޒަމާނި. އިދާރާއި އެތެރެ ހިށިވޭލެއި މަގުން ދޮން މާމާ އޭތަން ތެބެ ފެނެއި.އަވަސްއަވަހައް ގޮސް ފައްކެޑަކި ލާފެއި އޮއްއެއްތައް ދެރެފެއި ބެނި. ދައިތާއު. މައޭތާން މިވިންދާ ކައްކާއްކެން. ކައްކާެޱެއި ކޭލެ ބޮޅޮ ބެދޭތިކޮށާއު. ދައިތާ ހާނއު ކޭފެއި މިޔައް ހިފަގެން އެބެގެ. ގޮސް ކުބުސް ފިހާ ކުދު ތާސްކެޑަކައް އެޑަގެން މިޔައް އުނދުނައް އަރުވަގެން ތެބިހިއް. ހިށެހިށެ މިޔަކި ބޮޅޮ ނިބެދެއި.

އެންމެ ފަހުން ދައިތާ ދިޔައް އޯލާލި. ދިޔެ އާމެއި ކޭފި. ދިޔެއު،މީއެކަލޯ ކޭލެ ބޮޅޮ ބެދޭތިކޮއް ކައްކާއްކެން ކޭފެއި ދިން އެއްތަކާއު.މިޔަކި ބޮޅައް ނިބެދެއިއައު. ދިޔެގޮސް ރަންގަޅާއް މިތާހާއި ތިބި އެއްތައް ބަލަފި. އަދި އަޑިހިށިވަރައް އިހަގެން ބެޱި. މަންމާއު، ތޭ ރައް ކިޅިއައު.