English Edition
Dhivehi Edition

ޣައިރު މުސްލިމުންނަށްވެސް ދިވެހިރައްޔަކަށް ވުމުގެ ހައްޤުދިނުމަށާއި، ޣައިރު މުސްލިމުންނާއި، މުރުތައްދުވާމީހުންނަށްވެސް ރާއްޖޭގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްޤު ދިނުމަށް ގޮވާލައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރުނު ރިޕޯޓަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

އީޔޫގެ ގަރާރާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައިވަނީ އީޔޫއިން ނެރުނު ރިޕޯޓުގައި ހުރި ކަންތައްތަކުގެ ތެރެއިން އެންމެކަމެއް ފިޔަވައި އެހެން ހުރިހާކަމެއް ދިވެހިން ބަލައިގަންނަކަމަށެވެ.

އީޔޫގެ ރިޕޯޓުގައިވަނީ 8 ދާއިރާއަކުން 22 ކަމެއް ރާއްޖެއަށް ހުށަހަޅާފައިކަމަށާ، މީގެ ތެރެއިން ދިވެހިންނަށް ބަލައި ނުގަނެވޭނީ އެންމެކަމެއްކަމަށެވެ. އަދި އެކަމަކީ ޤާނޫނު އަސާސީއަށް ގެނައުމަށް ބުނާ ދީނުގެ މިނިވަންކަމުގެ ބަދަލުކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ. އީޔޫގެ ރިޕޯޓުގައިވާ އެހެން ހުރިހާކަމަކީ ދިވެހިން އިންތިހާއަށް އެދޭ ކަންކަން ކަމަށާ އީޔޫގެ ރިޕޯޓަށް މަރުޙަބާ ކިޔާކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
އީޔޫއިން ނެރުނު ގަރާރުގައިވަނީ ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް،ސުންނީ މުސްލިން ނޫން މީހުނަށް ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރެވޭގޮތަށް، ހުށަހަޅާފައެވެ.

“އިލެކްޓޯރަލް ފޮލޯއަޕް މިޝަން” އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގަ އީޔޫއިން ބުނެފައި ވަނީ،ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކު ކުރުމަށްވެސް އީޔޫ އިން ދިވެހި ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.

1 ކޮމެންޓް
މޫސާ
އޭޕްރީލް 20, 2018
އަހަރެން ދުވަހަކުވެސް އަންނިއަކަށް ތާެޢީދެއް ނކުރަން