English Edition
Dhivehi Edition

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރީގެ ޕްރިސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިނާ މެދު އަމަލުކުރަމުންދާ ގޮތުން މުހުތާޒުގެ އަނބިކަނބަލުން ޝާދިޔާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ

ޝާދިޔާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މުހުތާޒަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކާއި ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި ހިލާފަށް ކަރެކްޝަނުން އަމަލުކުރަމުން ގެންދާ ކަމަށާއި ފިޒިއޮތެރަޕީ ހެދުމަށް ކަރެކްޝަނުން ކޮންމެ ދުވަހަކު މުހުތާޒު މާލެ ގެންނަނީ ދޯންޏެއްގައި ކަމަށެވެ

ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި ގުޅޭ ލިޔުންތައް ޓްވިޓާގައި އާންމުކުރައްވަމުން ޝާދިޔާ ވިދާޅުވީ މުހުތާޒު އަކީ މައިބަދައަށް ބޮޑު މައްސަލައެއް ކުރިމަތިވެ އެކަމުގެ ވޭނުގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދެވާ ބޭފުޅެއް ކަމަށެވެ. އަދި ދިގު ދަތުރުކުރަން ނުޖެއްސުމާއި، ގިނައިރު އެއް ތަނެއްގައި ނުބޭންދުމަށާއި، ފަރުވާ ދެވޭނެ ފަދަ ތަނެއްގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް ޝާދިޔާ ވިދާޅުވިއެވެ

2016 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި މުހުތާޒު 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ތިން ދައުވާ ސާބިތުމުންނެވެ