English Edition
Dhivehi Edition
މުހްތާޒު މުހްސިން ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑަވައިޒަރަކަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހްސިން އައްޔަން ކުރައްވައިފިއެވެ.

މިއަދުގެ ވަގުތެއްގައި މުހުތާޒު އެ މަގާމަށް އައްޔަންކޮށްފައި ވާއިރު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތަކީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސްއަށް ބޭނުންފުޅުވެލައްވާ ލަފާތައް އެރުވުމުވެ. ހުތާޒު މި މަގާމަށް އައްޔަން ކުރުމާއެކު މިހާރު ރައީސް އޮފީހުގައި ރައީސްގެ 4 އެޑްވައިޒަރުން އެބަތިއްބެވެ.

މުހުތާޒު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ. އެހެންނަމަވެސް 2015 ވަނަ އަހަރުގެ ފަހުކޮޅު އޭރ ސަރުކާރު ހިންގާ ޕީޕީއެމްގެ މެންބަރުން ވަނީ މުހުތާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައި، މުހުތާޒް އެ މަގާމުން ދުރުކޮށްފައެވެ.

މީގެ އިތުރުން މުހުތާޒު ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލިސް ޕްރައިމަރީގައި ދަނގެތި ދާއިރާއަށް ވާދަކުރައްވާފައެވެ. އެހެންނަމަވެސް އެ އިންތިހާބު މުހުތާޒުއަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ.