ނާސިރުގެ ވެރިކަމި ފަހިކެޑެ ރާއްދެ ޓީވީ އިސްޓޭޝަނައް ހަދައިދޭއް ޖަޕާނެ މީހާ ނިންމަލިޔެ. މީ ސައްތައިންސައްތަ ޖަޕާނެ ޚަރަދި ހިނގުވި މަޝްރޫއައް. ދެވަނަ ބޮނޑަ ހަނގަރާމައި އެތެރެ ޔާހުންބަރާސް ވެޑި ފައްތައި ދިވެހިން މަރައި މިޒާތި ކަންތެތި ޖަޕާނުން ކޮއްފެއިވޭހެދި ކައްފާރާ އަދާކެޑުމުގެ ގޮތުން މިޒާތި އެހެން ކަންތެތިޔަސް ޖަޕާނެ މީހާ ރާއްދެއައް ކޮއްދިނާ. ޖަޕާނެ އިންޖިނޭރުން އާސް ޓީވީ އިސްޓޭޝަން ހެދުމުގެ މަސައްކައް ކެޑެކޯ ރާއްދޭގެ ފަރާތުން މިކަމި އިސްކޮއް ހިންނެ މީހަކީ އަހައްމަދު އާދަނު.
އޭ ނާސިރުގެ ސަރުކާރި އެންމެ އިސް އިންޖިނޭރު. ޓީވީ ޓަވަރާ ޖަހާއްވެގެން ބިންތަށަ އެޑިކޯ ޖަޕާނެ މީހާ ކޭފިޔެ މަދަވަގެން ހަތަރަހާސް ބަސްތާ ސިމިންޓު ބޭޱުންވޭށިޔައު. ތިމާފިރިން ފާއިސާ ދޭށުމާއު. ވީމެއި މާލޭ ގުދަންތަކުން އެއަދަދައް ސިމިންޓު ނުކުންމައިދޭއްކެއި. މިވާހަކާއިގެން އަހަންމަދު އާދަނު ބާރާކައް ހިނގަފެއި ވެލާނާގެއް ގޮސް ނާސިރު އެކެހޭ ބެޱަފި. ނާސިރު ކޭފި އަހައްމަދު އާދަނުއައު. ތިމާފިރިން މިޅި އެއުއަހަރަށަސް ތެވަރައް މިރާއްދެއަކައް ސިމިންޓު އެތެރެ ނިކެރަމާއު. ވީމެއި ލާރި ދިނަސް ނިދިނަސް ކެހެނަކައްތައު ތެ އަދަދައް ސިމިންޓު ނުކުންމަނީ. އެހެން ނުނަސް ތޭ ވޭޱެއި ބޮނޑަ އިސްރާފަކަށާއު. ބާކިން ކޮއްދިނަސް އެބާކިން ލައްވައި އިސްރާފުކެރާކައް ތިމާ ނިރުހެއްޔައު. ވީމެއި ހާހައްހެއި ބަސްތާން ތެކަން ނިންމަލާއްކެން. އެވެރިން އެކެހޭ ބެޱާއްކެއި ތެވެރިން ކިތެންމި ގިނަ ފާއިސާ ދިނަސް މިއައްވަނި އިތިރައް އެއްކިމި ބަސްތާކަސް ނިލިބޭށިޔައު.
އަހައްމަދު އާދަނު ނިއްކުރިން ދާހެލި ފުހަމުންގޮސް ޖަޕާނެ މީހުން އެކެހޭ މިވާހަކަ ބެޱިމެއި ޖަޕާނެ ބޮނޑަ އިންޖިނޭރު ކޭފި. ތިމާފިރިންނައް ވަރިހަމާއު. ގަދަފަދަ ވައިޖެހިގަންމެއި މި ޓަވަރާ އިންޏޭޱެއި ތިމާފިރިން ބޮލަކައް ނުނާއު. ތެވެރިން ބޮލަށާއު. އެކަމައް އެއްބަސްފެހޭ ލިބޭއްހިށި ސިމިންޓަކުން ބިންތަށަ އެޑާއްވީޔައު. އެނައްކޯ ވެލާނާގެއް ގޮސް ނިކަން ބިރުން ހިށެ މިވާހަކަ އަހައްމަދު އާދަނު ބެޱިމެއި ނާސިރު ކުދުކޮއް ހިހަފެއި ކޭފި. އެވެރިން އެބެޱާ ބާރަމިނެ ވައިޖެހިގަންމެއި އިންޏޭޱެއި ތެ ޓަވަރާ އެކަޱަކިއައް ނުނާއު. އެކަލެކި މި މާލޭ ނިހިންނެށިޔައު ކެޑައް އެއްކެމި އިމާރާތަކަސް. މި ވެލާނާގެޔަކަސް ނިހިންނެށިޔައު. ގެޔައް ނެއްތާކި ޓީވީ ޓަވަރައް ނެތަސް ވަރިހަމަ ނުންތައު. ޓީވީ ޓަވަރާ ކެޑައް ހިންނައް ޖެހޭޱެއި ގޭގޭ ސަލާމަތުން ތިބަގެން އެގޭގޭ އެތެރެ ޓީވީ ބަލާއް މީހުންނައް ތިބެވިގެން ނުންތައު. ދެން ނާސިރު އެނގުވި ލެކައް ބިންތަށަ އެޑައި ޓަވަރާ ކެޑައް ޖަހަލިޔެ. އިޔާ އެތެއި ހިންނަތާން ސާޅީސް އަހަރައް ވަނި ގިނަ ދުވަސްވީކޯ ވެއްޓޭވަރައް އަދި ވައިނިޖެހެއި.
ނޯޓު: މި ލިޔުމާއަކީ ފޭސްބުކު އައްޑޫބަސް އިން ނަގަފެއިވޭ ލިޔުމަށް