English Edition
Dhivehi Edition
މި ލިޔުން ނަގަފެއި މިވެނީ ފޭސްބުކް އައްޑޫބަސް ގުރޫޕުން/
ޖަލި އޮންނަތާން ފަނަރަ އަހަރަވީ ގައިދީއައް އެތަނުން ފިލަގައް. ގެއަކައް ވެދެ ފާއިސާ ތިބިތޯ ބަލަމުން އޭވޭލެއި އެޔައް ފެނެޱެއި ކޮޓަރިއަކި އެތެރެ ތިބި ޒުވާން ދެމަފިރިއަކާމެން. މިތަނުން ފިރިމީހާ އަދަރާދަ ގޭނޑަކައް ބެނދެފައި އެނދެމައްތެ އޮއް އަންހެންމީހާ ގައިމައްތައް މިދެ އިންގައް.
މިނިޓައްހެއި ވޭލަ ފަހުން ގޮސް ވެދެގެ ފާޚާނާއް. އެވަގުތެ އަނބިމީހާއް އޯލާފެއި ފިރިމީހާ ކޭފި. ވަގަކަލޭގެ ލާގެން ހިށި ހެދުމާ ބަލަފެލާއްކެއި. އެޔަކީ ޖަލުން ފިލަގެން ވޭނޑޭ ނިރައްކައުތެރި ކުއްވެެރިއަކާކަން ޔަގީނާއު. އަންހެނަކާ ނިފެނޭތާން އެހެއި ގިނަދުވަސްވެފެއި ހިށިމެއި ތަ ގައިމައްތައް އިންގެން ކަރި ވަސްއަހައަހަފެއި އެވޭނޑެޱެލެއް ބަލާއްކެއި. އިޔަ ބޭޱުންވޭ ހުށިހެއި ކަމައް ކޮއްނިދިންފެހޭ ދެވެރިން މަރާސްފޭށިޔައު. ވީމެއި އިޔަ ކެރާއް ބޭޱުން ކޮންމި ކަމަކައް ރުހި އެއްބަސްވެގަންނައްކެއި. ދެކެޑެ ނިހަދާއްކެއި. ކޮންމިގޮތައް ހަދަގެނަސް ހިއްވަރަކޮއްފެއި އިޔަ އުފާކޮއްދޭއްކެއި. ތިމާ ތާއި ހިތާއިވޭ ވުމައް ކުދުބަދަލަކަސް ނިއޭށިޔައު.
އަންހެންމީހާ ކޭފި. އިޔަ ތިމާ ކަރި ވަސް އެހީއައް ނުނާއު. ސިއްރުން ކަންފައްދަށި ވާހަކާއް ބެޱީޔައު. އިޔަ ބެޱިޔައު ހާސްނިވޭއްކެއި. ތިމާކީ ސީދި ފިރިހެނަކާމާއު. ތިމާ ހިތައް ތަ ވަރައް ނަލާއު. ދެން ތެއުފޮދައް ނެއްތައު އެހިމެއި ފާޚާނާއި އެތެރެ ތެއުފީޅައް ހިންނަށިޔައު ބެޱަގެން މިކޯ އެގެއި ފިޅި ނަގާށާއު. އެހެންވީމެއި ހިއްވަރަކޮއްފެއި އިޔަ އުފާކޮއްދޭއްކެއި. ތާއި ތިމާ މިވޭ ހިތާއިވުމަކައް ކުދުބަދަލަކަސް ނިއޭށިޔައު.