English Edition
Dhivehi Edition

މިކޯ ރިސޯޓައް ހަދާށާއު ކޭފެއި އެވޭނޑޭ އިސްމެހެލާ ހެރަ ކުރިން އޮންނެއި ފެންނާ މަޱިކުހާނައް. އެ މަޱިކުހާނު އަތުން މަހަކި ބައިޕެނީއައް ކުލިއައް އަތިލާގެން ރައް ބަލަހައްޓުވަނީ ހިތަދޫ ދޮންރަހާބެޔާގެ އަބްދު ﷲ ދީދީ. އެދީދީގެ ވިޔަފާރިއައް އެރަށުން ބޭޱުން ކެރަނީ ކައިށި. ކޮންމި މަހަކަސް ފެށިގެން ފެރުތަމަ ހަފުތާ ނިނިމޭތިކޮއް ފެންނާ މަޱިކުހާނާއި ހަމާއް ބައިޕެނީ ފެނޑުވަމުން އާސް އެއްމަހަކި މެދެތެރާއި ހަމާއް ގޭކަލަސް ބައިޕެނީ ނިލިބި ލަސްވެގެ. މިކަމާއިދޭތެރެ ވިސްނަފެއި ބައިޕެނީ އަތިލާއް ހިތަދޫއައް ދަތެރައް ކެރާއް ފެންނާ މަޱިކުހާނު ގަސްދުކޮއްގެން ނިކަން ވިއްސާރަ ދުވަހަކި މެންދިރެއި ދެހަފަލި ދޯޱަކުން ހިތަދޫއައް އެބެގެ. ހިތަދޫ ފާލަމައް ކަވެރިކެޑެކޯ ދެންނެ ފުރެއި މީހާސް އެވަގުތެ ފާލަމި ތިބިޔެ. މީން އެހެކާއްޔަސް ބަހައް ނިކެއި ދޯޱިން އެރިގެން މާބާރާކައް ހިނގަފެއި އެއްގަމާއި ދިމާއް ހެލިގަންމެއި މިތަނުން އެހެކައް އޯލާފެއި ކޭފި، ދެށިނާގެ މުހުއްމާދި ކޮންވަޑާމަކި ހިތަދޫއައް އާ ދުވަހައްތައު. ވަރައް މުހިއްމު ކަމަކާއިގެން ވައްތަރަ ތެބެ ޖަހައްޔައު. ފެންނާ މަޱިކުހާނު ކޭފި، މިރަށައް މިގިޔެޱެއި ދޮންރަހާބެޔާގެ އަބްދު ﷲ ދީދީ ތިމާއް ދޭއު ހިށި ބައިޕެނީ ނިދެރެ މުއްދަތު ފާއިވުވެގެން އެބެގޭމެއި އެ ބައިޕެނީ އަތިލާށާއު. މިއަޑަ އަހާއް ތިބި މީހުން ހައިރާންވެގެން ކޭފިޔެ އެއްކިމި ބައިޕެނީ އަތިލާއްތައު މެހެއި ވިއްސާރަ ދުވަހަކި ތެހެއި ދިގި ދަތެރައް ކޮއްފެއި ތެ އައި. ގާމުނަސް ދޯޱެ ފަޅިވެެރިންގެ ކޮއްތާއި އުޖޫރާއި ވަގުތަސް ތެ ބައިޕެނީއައް ވަނި މާބޮނޑަށަސް އިތިރި ވޭހެއް ނުންތައު. ވީމެއި ކުދު އެއްތައު އަތިލާއް ބޮނޑަ އެއްތައް ޚަރަދުކޮއްގެން އައުމުގެ ހިކުމަތައް ތިމާފިރިންނައް ނިވިސްނެއްޔައު. ފެންނާ މަޱިކުހާނު ކޭފި، ތޭއައު ތެވެންނާއި ތިމާ ތަފާތަވޭ ސަބަބަކީ. ތެވެރިން ދެންނެތައު ޕައުންޑައް ފައުންޑަކައް ވޭލެއް. ޕައުންޑަކީ ވިހި ޝިލިންގާއު. ޝިލިންގަކީ ބާރަ ޕެނީ އައު. ކޮންމި ޕެނީއަކީ ދެ ބައިޕެނީ އައު. މިތަނުން އެއްކިމި ބައިޕެނީ މަދަވިޔަސް ޕައުންޑައް ހަމަނިވޭށިޔައު. ބައިޕެނީއަކީ މާބޮނޑަ އެއްތައް ނުންކަމައް ބަލަގެން ތެވެރިން އޭ އަތިލާއް ނިހިނގާފެހޭ އެކަހަލެއި ކިތެއް ބައިޕެނީ އަބްދު ﷲ ދީދީ އަތި ހިންނެހެއްތައު. ދެބާކިން އަތިނިލީފެހޭ އޭ ޕެނީއަކާއު. ސައުވީސް ވެރިން އަތިނިލީފެހޭ ޝިލިންގަކާއު. ހަތަރަ ސަތޭކަ އައްޑެހަ ވެރިން އަތިނިލީފެހޭ އޭ ޕައުންޑަކާއު. އެހެންވެގޭ ފެހޭ އަބްދު ﷲ ދީދީ ކިހެއި އުފާވޭހެއްތައު. އެކަމަކި އޭ ހަލާލައް ނިވޭށިޔައު. އޭ އަލިފާނާއު. ވީމެއި ރައްޓެއްސަކާ އަލިފާނުން ސަލާމައް ކެޑުމުގެ ގޮތުނަސް އެވިންދާ އަތިލާއް ޖެހެއްޔައު. މިކޯ ވިސްނިގޭތައު. އެވެރިޔެ ބެޱަފިޔެ ހާނ މާބޮނޑަށަސް ވިސްނިގެޔައު. ތޭ ހެއުވާހަކާކާއު.

ޓެގު