English Edition
Dhivehi Edition
ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އެސްއޯ ފުލުހުންގެ ބަންދުގެ މުއްދަތު 9 ދުވަހަށް އިތުރުކޮށްފިއެވެ

އިއްޔެ މެންދުރުފަހު ކްރިމިނަލް ކޯޓުން ކުރީގެ ފުލުހުން ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމާފައިވާއިރު ހައްޔަރު ކުރި ކޮންމެ ފުލުހެއްގެ ބަންދުގެ މުއްދަތުގެ މަޖިލީސް ކުރިއަށް ގެންގޮސްފައިވަނީ ވަކިވަކީންނެވެ

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވަނީ އެސްއޯގެ ޕްލެޓޫނެއްގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް އެވެ

މި މީހުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނުގައިވާ ވާޖިބެއް އަދާނުކޮށް ދޫކޮށްލުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތެވެ. މީގެ އިތުރުން ވާޖިބު އަދާ ނުކުރުމުގެ އިތުރުން ނިރުބަވެރިކަން މަނާކުރުމުގެ ގާނޫނުގެ ދަށުން، ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވަން އުޅުމާއި އަދި ގާނޫނާ ހިލާފަށް ސިޔާސީ އަދި ދީނީ ވަކި ފިކުރެއް ކުރިއެރުވުމުގެ މަގްސަދުގައި އާންމުންނަށް ނުވަތަ ބައެއް އާންމުންގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވަން އުޅުމާއި ނިރުބަވެރި އަމަލެއް ހިންގުމަށް އެއްވެސް ސިފައެއްގައި އެހީތެރިވެދިނުން ނުވަތަ ބައިވެރިވުމުގެ ތުހުމަތު އެމީހުންގެ މައްޗަށްވަނީ ކޮށްފައެވެ. އަދި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމާއި ސަލާމަތީ ބާރުތަކާ ދެކޮޅަށް ނިކުމެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައިސަލާމަތީ ބާރުތަކާ މެދު އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ

ފުލުހުންގެ ވަޒީފާގައި ތިއްބާ ހައްޔަރުކުރި މީހުންގެ ޝަރީޢަތް އަދި ފަށާފައިނުވާއިރު މި މައްސަލައިގައި ހައްޔަރުކުރި ފުލހުން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވ