ކޮރަޕްޝަން ނައްތާލެވޭނީ އަމިއްލަ ނަފްސު ކޮރަޕްޝަނާއި ދުރުކޮށްގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިސްލާމިކު ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަ އަކީ ތަފާތު އެކި ސަރުކާރުތަކުން މިކަމާއި ގުޅޭގޮތުން ތަފާތު އެކި ބަހުސް ކުރެވި ތަފާތު އެކި ވާހަކަ ދައްކަމުން އަންނަ ބޮޑު މައްސަލައެއް ކަމަށެވެ
“ކޮރަޕްޝަނަކީ ކޮންމެ ވެރިކަމެއްގައިވެސް ހިނގާ ކަމެއް . އެކަމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ”.
ކޮރަޕްޝަނަކީ އިޖްތިމާއި ބޮޑު މައްސަލައެއް ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މި މައްސަލަތަކާއި މެދު ވަކިން ހާއްސަކޮށް ކޮރަޕްޝަން އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގެންދާދިއުން ކުޑަކުރުމަށްޓަކައި އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުން ވިސްނާ ފިކުރު ކުރަން ޖެހޭ ކަމަށެވެ.