English Edition
Dhivehi Edition

ފާއިތުވި 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޢަދަދު މަދުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. 2016 ވަނަ އަހރު ޖޫން މަހުގެ ނިޔަލަށް 8615 މަސައްލަ ހުށަހެޅިފައިވާއިރު މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ހުށަހެޅިފައިވަނީ 7644 މައްސަލައެވެ. މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ވައްކަމުގެ 1994 މައްސަލަ ހުށަހަޅާފައިވާއިރު މިއަހަރު ޖޫން މަހުގެ ނިޔަލަށް ހުށަހަޅާފައިވަނީ ވައްކަމުގެ1546 މައްސަލައެވެ. ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ވޭތުވެދިޔަ އަހަރު ޖޫން މަހުގެ ނިޔަލަށް 2911 މީހުން ހައްޔަރު ކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 2314 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި މިމުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރެވިފައިވާ މީހުންގެ ޢަދަދަށް ބަލާއިރު އެންމެ ގިނައިން މީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. ފާއިތުވި 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މުދަލަށް ގެއްލުންދިނުމާއި އަދި ޚިޔާނާތުގެ މައްސަލަތައް ހުށަހެޅިފައިވާ ޢަދަދު ވަނީ އިތުރުވެފައެވެ. މިއަހަރު މިހާތަނަށް ހުށަހަޅާފައިވާ މާރާމާރީ އާއި ފޭރުމުގެ މައްސަލަތަކުގެ ޢަދަދު މަދު ނަމަވެސް މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު ވަނީ އިތުރު ވެފައެވެ.

ޓެގު