English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި މިރޭ ވެލެންސިއާ އަތުން 2-1 އިން މޮޅުވެ ލީގު ޗެމްޕިއަންކަން ހޯދުމާ ހަތް ޕޮއިންޓާ ގާތަށް ޖެހިލައިފި އެވެ.

ލީގުގައި މިރޭ ހޯދި މޮޅާއި އެކު ޗެމްޕިއަން ކަމާއި ގާތަށް ޖެހިލުމުގެ އިތުރަށް ބާސެލޯނާއިން ވަނީ ރޭ ރެއާލް ސޮސިއެޑާޑްގެ ރިކޯޑް މުގުރާލާފައެވެ.

ލީގުގައި ބާސެލޯނާ މުގުރާލާފައިވަނީ ސޮސިއެޑާޑް 1979/1980 ވަނަ ސީޒަނުގައި ބަލިނުވެ 38 މެޗު ފުރިހަމަ ކޮށްފައިވާ ރިކޯޑް ރޭ 39 މެޗުން މޮޅުވެގެންނެވެ.

ވެލެންސިއާ އަތުން ހޯދި މޮޅާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 32 މެޗުން 82 ޕޮއިންޓް އޮތް އިރު ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 31 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. ވެލެންސިއާ ތިން ވަނައިގައި އޮތީ 32 މެޗުން 65 ޕޮއިންޓާ އެކު އެވެ..

މި މެޗުގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ކުޓީނިއޯ ދިން ބޯޅައަކުން ލުއިސް ސުއަރޭޒް ލީޑު ނަގާއި ދީފައިވާއިރު ބާސެލޯނާގެ ލީޑު ފުޅާކޮށްދީފައިވަނީ ސެމިއުލް އުމްޓީޓީއެވެ.

ވެލެންސިއާގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން ޑެނީ ޕަރޭހޯ އެވެ.