English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ބޯންމަތު ބައްދަލު ކުރި މެޗު ސަލާހްގެ މޮޅު ކުޅުމާއި އެކު ކާމިޔާބުކޮށް ލިޕޫލުން ކާމިޔާބު ކޮށްފިއެވެ.

ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިމެޗު ލިވަޕޫލުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހްގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލިވަޕޫލްއަށް މެޗުގެ ލީޑު ނަގައިދީފައިވަނީ މެޗުގެ 7 ވަނަ މިނެޓުގައި ސަޑިއޯ މާނޭ އެވެ. ފުރަތަމަ ހާފް މާނޭ ކާމިޔާބު ކުރި ހަމަ އެކަނި ލަނޑުން 1-0 ލަނޑުން ނިމުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީ ކޮޅު ލިވަފޫލްއަށް މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން ގެންދާ މުހައްމަދު ސަލާހު ވަނީ ދެވަނަ ލަނޑު ޖަހާ ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މި ސީޒަނުގައި އޭނާ ލިވަޕޫލަށް ޖަހައިދިން 40 ވަނަ ލަނޑެވެ. މެޗުގައި ލިވަޕޫލުގެ ތިން ވަނަ ލަނޑު ޖަހައިދިނީ ރޮބާޓޯ ފިރްމީނޯ އެވެ.

ރޭގެ މެޗުން މޮޅުވެ ލިބުނު ތިންޕޮއިންޓާއި އެކު ލިވަޕޫލު ތާވަލުގެ 3 ވަނާގައި އޮތްއިރު މެޗުން ބަލިވި ބޯންމަތު އޮތީ ތާވަލުގެ 11 ވަނާގައެވެ.