English Edition
Dhivehi Edition

ސ.އަތޮޅު މަދަރުސާގެ 35ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ޚާޢްޞަ ޙަފްލާގައި ސ.އަތޮޅު ސްކޫލް ކެޑޭޓް ކޯގެ ފަރާތުން ޚާޢްޞަ ޑްރިލް ޑިސްޕްލޭއެއް ކުރިއަށް ގެންގޮސްފިއެވެ.

މިޔުޒިކް ޑްރިލް ޑިސްޕްލޭއެއް ގޮތުގައި ކުރިއަށް ގެންދިޔަ މި ޑްރިލްގެ ކޮމާންޑަރަކީ މައިޝާ މުސްތަފާއެވެ.

ސްކޫލްގެ ކެޑޭޓުންގެ ތެރޭން ހޮވި އެންމެ ރަނގަޅު ކެޑޭޓުން މި ޑްރިލް ޑިސްޕްލޭގައި ވަނީ ބައިވެރިވެފައެވެ. ކެޑޭޓް އިންސްޓްރަކްޓަރުންގެ އެހީއާއެކު އެންމެ ހަފްތާއެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސްއާ އަޅައި ބަލާއިރު މިއީ އަދި މިހައިތަނަށް އަތޮޅު ސްކޫލުގައި ކުރިއަށް ގެންދެވުނު އެންމެ ފުރިހަމަ ޑިސްޕްލޭ އެވެ.

ސްކޫލްގެ 35ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނުންނަކީ ސްކޫލުގެ މުސްކުޅި ދަރިވަރުންނެވެ. އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ރޯޑް ޝޯވ އަކާއި ޓެލެންޓް ޝޯވ އެއް އަދި އޮންނާނެއެވެ. ރޯޑް ޝޯވގައި ސްކޫލް ބޭންޑްގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހަޅާނެއެވެ.