English Edition
Dhivehi Edition

މިއަހަރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އެ ކޮމިޝަނުން ބުނީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ރާއްޖޭގެ ސަރަހައްދުތަކަށް އިލެކްޝަންސްގެ ޓީމުތައް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެ ކޮމިޝަންސްގެ ޓީމުތައް ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ފޮނުވާއިރު ކޮމިޝަންސް ގެ މި ޓީމުތައް މިމަހުގެ 24 ވަނަދުވަހު އަތޮޅުތަކަށް ފުރަން ފަށާނެކަމަށްވެސް އިލެކްޝަނުން ބުނެއެވެ.

ރަށްރަށް ފޮނުވާ އިލެކްޝަންސްގެ މުވައްޒަފުން ތަމުރީނު ކުރުމަށް މިއަދު ވަނީ އެ ކޮމިޝަނުން ތަމުރީނު ޕްރޮގްރާމްތަކެއްވެސް ފަށާފައެވެ. މި ތަމުރީނުތަކުގައި އިންތިޚާބު އޮންނަ ދުވަހު ވޯޓުލާ ސަރަޙައްދުގައި ހިނގާ ކަންކަން ބަލަހައްޓައި، ސުޕަވައިޒު ކުރުމުގެ އިތުރުން އިންތިޚާބު ކުރިއަށްދާ ވަގުތު ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ވެސް ކިޔާދޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

“އިލެކްޝަންސް އިން ބުނެފައިވަނީ ފާއިތުވި އިންތިޚާބުތަކުގައި ހިނގާފައިވާ ކަންކަމުން މިސާލު ނެގިގެން މި ޓްރެއިނިންގްތައް ކުރިއަށްދާނެ ކަމަށާއި މި ތަމްރީނުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ، އިންތިހާބުތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރު ފަރާތްތައް ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.