ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތްތުގެ ސެމީފައިނަލްގައި ކުޅުނު ކަމުގައި ވީނަމަވެސް ކުރީގެ ކުލަބް އިޓަލީގެ ރޯމާއަށް އިހްތިރާމް ކުރާނެ ކަމަށް މިސީޒަންގައި ލިވަޕޫލްއަށް މޮޅު ކުޅުމެއް ދައްކަމުންގެންދާ މުހައްމަދު ސަލާހް ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީގައި ވާދަ ކުރާ ޓީމެއް ބެލުމަށް އިއްޔެ ސްވިޒަލޭންޑްގެ ނިއޯންގައި ހުންނަ ޔޫއެފާ ހެޑްކުއާޓާސްގައި ބޭއްވި ގުރު އަތު ނެގުމުގެ ރަސްމީ އާތުގައި ލިވަޕޫލް އާއި ރޯމާ ވާދަކުރަން ޖެހުމުން ނޫސްވެރިއަކު ކުރި ސުވާލެއްގައި ސަލާޙް ބުނީ އަލުން ކުރީ ގެ ކުލަބް ރޯމާއި ވާދަ ކުރަން އިޓަލީއަށް ދާން ޖެހުމުން ވަރަށް އުފާވާ ކަމަށާއި ސެމީގައި ރޯމާކޮޅަށް އޭނާ އަށް ލަނޑު ޖެހުނު ކަމުގައި ވިޔަސް އުފާ ފާޅު ނުކުރާނެކަމަށެވެ.
ސަލާޙް ބުނީ މިސީޒަންގައި ޗެމްޕިއަންސް ލީގުގެ ފެވަރިޓުންނަކީ އަދިވެސް އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް ކަމަށް ވިޔަސް މިފަހަރު ލިވަޕޫލްއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އުންމީދު ބޮޑު ކަމަށެވެ.
ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ދެލެގުން ވެސް ބަލިކޮށް މުބާރާތުން ކަޓުވާލުމުގައި އިސް ރޯލެއް ސަލާހް ބުނީ ރޯމާ އަކީ އާދައިގެ ޓީމެއް ނޫން ކަމަށާއި ރޯމާ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ މުބާރާތް އެންމެ ބޮޑަށް ކާމިޔާބު ކުރާނެ ކަމަށް ބެލެވިފައި އޮތް މިސީޒަންގައި ސްޕެނިޝް ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ އޮތް ބާސެލޯނާ ކޮޅަށް ތިން ލަނޑު ޖަހައި ދުނިޔެ ހައިރާން ކުރުވާފައި ކަމަށެވެ.
ރޯމާ އާއި ލިވަޕޫލް ޗެމްޕިއަންސް ލީގުގައި އެންމެފަހުން ބައްދަލުކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ. އެފަހަރު މި ދެ ޓީމު ވެސް އެއް ގްރޫޕެއްގައި ލައްވާލިއިރު ރޯމާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ނަމަވެސް ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު 0-2 އިން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ
ރޯމާ އާއި ލިވަޕޫލް ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ލިވަޕޫލްގެ ދަނޑުގައެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ ފުރަތަމަ މެޗުގައި މި މަހުގެ 24 ރިއަލް އާއި ބަޔާން ބައްދަލު ކުރާއިރު ދެވަނަ ސެމީގައި މިމަހުގެ 25 ގައި ބައްދަލު ކުރާނީ ރޯމާ އާއި ލިވަޕޫލް އެވެ. ދެ ވަނަ ލެގު އޮންނާނީ މޭ 1 އަދި 2 ގަ އެވެ. ފައިނަލް މެޗު އޮންނާނީ ޔޫކްރޭނުގެ ކިއޭވްގައި މޭއިމަހުގެ 26 ގަ އެވެ