އެމެރިކަން ރިއަލިޓީ ޝޯވް “ކީޕިންގް އަޕް ވިތު ދަ ކާޑޭޝިއަންސް”ގެ ތަރި ކްލޯއީ ކާޑޭޝިއަން އަލަތު ދަރިފުޅު ވިހައިފިއެވެ.
33 އަހަރުގެ ކްލޯއީ އަލަތު ދަރިފުޅު ވިހެއީ ބުރާސްފަތި ދުވަހު ފަތިހު 4 ހަޖާކަން ހައިރު ކްލެވްލެންޑް ގެ ކްލިނިކެއްގައި ކަމަށް ބޭރުގެ ހަބަރުތައްބުނެއެވެ. އިއްޔެ ފަތިހު ކްލޯއީ ވިހާފައިވާއިރު ދެމައިންގެ ހާލު ވެސް ރަނގަޅުކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ. ރިއަލިޓީ ސްޓަރގެ އަލަތު ދަރިފުޅު މިދުނިޔެއަށް ފުރަތަމަ ނޭވާލީ އިރު އޭނަގެ މަންމަ ކްރިސް ދައްތަ ކިމް އަދި ކޯޓްނީ ލޭބަރ ރޫމްގައި ތިބިކަމަށްވެސް ރިޕޯރޓް ތައްބުނެއެވެ. ނަމަވެސް ލޯބިވެރިޔާ ޓްރިސްޓަން މީގެ ތިންދުވަސް ކުރީން ކްލޯއީ އަށް ބޭވަފާތެރި ވީކަމުގެ ހެކި ފެންނަ ވީޑިއޯ ތަކާއި ފޮޓޯތައް ލީކް ވެފައިވާ މިދަނޑިވަޅުގައި ކްލޯއީ ވިހަން ވެއްދި އިރު ކައިރީގައި ހުރިކަމެއް ޔަގީންނުވެއެވެ. އެހެން ނަމަވެސް “ޓީއެމްޒެޑް” އިން ރިޕޯރޓް ކޮށްފައި ވާގޮތުގައި ޓްރިސްޓަން ކްލޯއީވިހެއުމާ އެކު އެންމެ ފުރަތަމަ މީޑިޔާ އަށް އެވާހަކަ ހިއްސާކޮށްފައި ވެއެވެ.
ލޯބިވެރިޔާ ޓްރިސްޓަން އާއި އެކު ކްލޯއީ ކްލެވްލެންޑް ގައި މަޑުކުރާނެތޯ ކްލޯއީގެފޭނުން މިހާރު އެންމެ ބޮޑަށް ކުރަމުންދާ އެއްސުވާލެވެ. ނަމަވެސް ރުޅިގަދަވެފައިވާ ކްލޯއީގެ ފޭނުން ދަނީ ޓްރިސްޓަން އަކީ “އެމެރިކަން މޮސްޓް ހޭޓެޑް މޭން” ގެ ނަމުން މުހާތަބުކޮސް އޭނާޔަށް އިންޒާރު ދެމުންނެވެ. އެއްބަޔަކު ޓްރިސްޓަންގެ އިންސްޓަގްރަމް ގައި ލިޔެފައި ވާގޮތުގައި “މާބަނޑު އަންހެނަކު ވިހަން ކައިރިވެފައި ހުއްޓާ އޭނަޔަށް ތިހެން ހަދަން ކެރުނީ ކިހިނެއްބާ؟” އޭ ބުނެ ސުވާލު ކޮށްފައި ވެއެވެ. އަދި ކްލޯއީގެ ބައެއް ފޭނުން އޭނަ އަށް ނަސޭހަތްތެރި ވެފައިވަނީ މިއަށްވުރެން ރަނގަޅު ގޮތްތަކެއް ކުރިޔަށް ހުރިކަމަށެވެ. އަދި އަލަތު ދަރިފުޅު ގޮވައިގެން އަމިއްލަ ގެޔަށް އަވަހަށް ދިޔުމަށް ނަސޭހަތްތެރި ވެފައި ވެއެވެ.
އުމުރުން 33 އަހަރުގައި މަންމައަކަށްވީ ކްލޯއީ ލޮސްއެންޖެލިސް އަށް ދިޔުމަށް ފުރާނީ ދަރިފުޅު ވިހެއުމަށް ފަހު އެއްމަސް ވުމުން ކަމަށް ހަބަރު ލިބެއެވެ. ކްލޯއީ ކްލެވްލެންޑް ގައި މަޑުކުރަން ނިންމީ ޑޮކްޓަރުން ގެ ލަފާގެމަތިން ވިހައިގެން އެއްމަސް ނުވާކުއްޖަކު ގޮވައިގެން ދަތުރުކުރުން އެހާރަނގަޅު ކަމަކަށް ނުވާނެކަމަށް ބުނުމުންނެވެ.
ކްލޯއީ އާއި ލޯބިވެރިޔާ ޓްރިސްޓަންގެ އަލަތު އަންހެން ދަރިފުޅަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައި ނުވެއެވެ.
ކެނެޑިއަންގެ މަޝްހޫރު ޕްރޮފެޝަނަލް ބާސްކެޓް ކުޅުންތެރިޔާ ޓްރިސްޓަން އާއި ކްލޯއީ ކާޑޭޝިއަން ލޯބީގެ ގޮތުން ގުޅިފައި ވަނީ ސެޕްޓެމްބަރ 2016 ވަނަ އަހަރު އެވެ.