އެމެރިކާގެ ރިއަލިޓީ ޝޯވ އެއްކަމަށް ވާ “ކީޕިންގް އަޕް ވިތްދަ ކާޑޭޝިއަންސް” ގެ އެއްތަރި ކަމަށްވާ ކްލޯއީ ކާޑޭޝިއަން ގެ “ބޭބީ ޝަވާ” ފޮޓޯތައް ފެނުމުން އޭނާގެ ފޭނުން ރުޅިގަދަ ވެއްޖެއެވެ. އަގު ހެޔޮކޮށް ގިނަބާވަތް ތަކުގެ ވިޔަފާރި ކުރުމަށް މަޝްހޫރު “އެމޭޒަން” އިން ކްލޯއީގެ ބޭބީ ޝަވާ އަށް ސްޕޮންސަރ ދިނުމުން އެކަމާ ގިނަބަޔަކު ނުރުހުން ފާޅުކޮށް ދަނީ ޓްވިޓާގައި އެވާހަކަ ދައްކަމުންނެވެ.
ޓްވިޓާގައި ނުރުހުން ފާޅުކޮށް ފައިވާ ބައެއް މީހުންގެތެރެއިން އެކަކު ލިޔެފައިވަނީ ކޮލޯއީއަށް އެމޭޒަން އިން ހަރަދު ކުރަންވީ އެއްވެސް ސަބަބެއް ނޭނގޭ ކަމަށެވެ. އަދި ދަރިފުޅަށް ފޯމިއުލާ ކިރު ދަޅެއް ނުލިބިފައި ތިބި މައިން ތިއްބާ އެ އާއިލާ އަކީ އެދަރިފުޅަށް ކޮންމެ ކަމެއްވެސް ކޮށްދެވޭނެހައި ފުދުންތެރި އާއިލާ އަކަށް ވާއިރު އެމޭޒަން އިން ހިލޭ ބޭބީ ޝަވަރ އެއް ދިނީކީއް ވެގެން ކަމެއް ނުވިސްނޭކަމަށެވެ.
އަނެއް މެސެޖް ގައިވަނީ ” އެމޭޒަން އިން ކޮލޯއީގެ ބޭބީ ޝަވާއަށް ހަރަދުކުރީ ހެއްޔެވެ؟” މިއީ ހަގީގަތެއް ހެއްޔެވެ؟ އެމޭޒަން އިން ހަރަދު ކުރީ ކޮލޯއީއަށް އަމިއްލައަށް ހަރަދު ނުކުރެވޭނެ ކަމަށް އެހްޔެވެ؟ “
ރުޅިގަދަ ވެފައިވާ އެހެން ފޭނެއްގެ ޓްވީޓްގައި ލިޔެފައި ވާގޮތުގައި ” ކްލޯއީފަދަ މުއްސަނދި މީހަކަށް އެމޭޒަން އިން ހިލޭ ހަރަދު ކުރުމުން އެއީ މިހާތަނަށް ދުށް އެންމެ ހައިރާން ކުރުވަނި އަދި އެންމެ ނުބައި ވިޔާފާރި ކަމަށް ބުނެފައެވެ. މީގެ އިތުރަށް އެޓްވީޓް ގައި ބުނެފައި ވާގޮތުން ހާލުގައި ޖެހިފައި ތިބިމީހުން ނަށް އެހީ ނުދީ މުއްސަންޖަކަށް އެވަރުގެ ހަރަދެއް ކުރުމުން އެމޭޒަން އަށް ތިޔަގެއްލުނީ ކަސްޓަމަރެކޭ ބުނެ ނުރުހުން ފާޅުކޮށްފައިވެއެވެ.
ޓްރިސްޓަން ތޮމްސަން އާއެކު އޭނާގެ އަލަތު ދަރިފުޅު ވިހެއުމާ ގާތްވެފައިވާ 33 އަހަރުގެ މި ފަންނާނުގެ ބޭބީ ޝަވާ ގެ ކުލަގަދަ ހަފްލާ އަށް ހަރަދު ކޮށްފައިވަނީ އެމޭޒަން ބޭބީ ރަޖިސްޓްރީ އިންނެވެ.
އެމޭޒަންއިން ހަރަދު ކޮށްގެން ލޮސްއެންޖަލިސްގެ ބެލް އެއަރ ހޮޓެލްގައި ފިޔާތޮށި ފިނިފެން މަލުން ތައްޔާރު ކޮށްފައިވާ ބޮޑެތި އެތް ތަކާއި ފިޔާތޮށި ފުއްޕާހަމުން ޒީނަތްތެރި ކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯތައް އިންސްޓަގްރާމް ގައި ކްލޯއީ ދައްކާލާފައިވެއެވެ.
ކްލޯއީ އިންސްޓަގްރަމް ގައި ކޮށްފައި ވާމެސެޖެއްގައި އެމޭޒަން އަށްވަނީ ޝުކުރުއަދާ ކޮށްފައެވެ.