English Edition
Dhivehi Edition

އެމެރިކަން ރިއަލިޓީ ޝޯވް “ކީޕިންގް އަޕް ވިތު ދަ ކާޑޭޝިއަންސް”ގެ ތަރި ކްލޯއީ ކާޑޭޝިއަން ވިހަން ގާތް ވެފައި ހުއްޓާ އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްސަން އެހެން އަންހެނަކާއެއްކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑީއޯ ތައްލީކްވެއްޖެއެވެ.

އުމުރުން އެންމެ 33 އަހަރުގެ ކްލޯއީ މިހާރު ވަނީ އޭނާގެ ދިރި އުޅުން ޓްރިސްޓަންއާއި އެކު ކްލީވްލެންޑް އަށް ބަދަލު ކޮށްފައެވެ.ހަބަރުތައް ބުނާގޮތުގައި ކްލޯއީ އަށް ޓްރިސްޓަން ބޭވަފާތެރިވި ހަބަރުތައް ފެތުރުމާއި އެކު އޭނާގެ ހާލުގޯސްވެ މިހާރު މަންމަ ކްރިސް އާއި ދައްތަ ކިމް މިވަގުތު އޭނާ ދިރިއުޅޭ އަވަށަށް ފުރައިފިއެވެ. ޓްރިސްޓަންގެ ލީކްވީ ފޮޓޯތަކާއި ވީޑިއޯ ތަކަށްފަހު ކްލޯއީ އިންސްޓަގްރަމް ގައި ބުނެފައި ވާގޮތުގައި އޭނާ މިހާރު ވިސްނަމުން ދަނީ އަލަތު ދަރިފުޅާ އެއްކޮށް އެކަނި އުޅުމަށް ކަމަށެވެ. ކްލޯއީގެ މި މެސްޖާއި އެކު އޭނާގެ ފޭނުން ބުނަމުން ދަނީ ޓްރިސްޓަން ކްލޯއީ އަށް ބޭފަވާތެރި ވުމުން ކްލޯއީ މިހާރު އޭނަ އާއެކީ އުޅެން ބޭނުން ނުވާކަމުގެހެކި އެމެސެޖް އިން ލިބޭކަމަށެވެ.

ބޭރުގެ ހަބަރު ތައްބުނާގޮތުގައި ކްލޯއީ މިހާރު ހުރީ ކްލީވްލެންޑްގައި ތާށިވެފައެވެ. ލޯބިވެރިޔާ ބޭވަފާތެރި ވެފައި ވީނަމަވެސް ވިހަން ގާތްވެފއި ވުމުން ކްލޯއީ ލޮސްއެންޖަލިސްގައި ގަނެފައި ވާ އަމިއްލަ ގެއަށް ދިޔުމަށް ފްލައިޓަށް އެރުމުގެ ހުއްދަ ނެތުމުން ނުފުރުނެވެ.

ކެނެޑިއަންގެ މަޝްހޫރު ޕްރޮފެޝަނަލް ބާސްކެޓް ކުޅުންތެރިޔާ ޓްރިސްޓަން އާއި ކްލޯއީ ކާޑޭޝިއަން ލޯބީގެ ގޮތުން ގުޅިފައި ވަނީ ސެޕްޓެމްބަރ 2016 ވަނަ އަހަރު އެވެ. ދެލޯބިވެރިންގެ އަލަތު ދަރިފުޅަށް ކްލޯއީ ބަލިވެ އިންކަން ހާމަކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ.