English Edition
Dhivehi Edition

އެމެރިކަން ޓީވީސީރީޒެއް ކަމަށްވާ “ކީޕިންއަޕް ވިތު ދަ ކާޑޭޝިއަންސް” ގެ ތަރި ކްލޯއީ ކާޑޭޝިއަން އަލަތު ދަރިފުޅަށް ބަލިވެއިންކަން ޔަގީން ކޮށްދީފިއެވެ.

އޭނާ ބަލިވެއިންކަން މީޑިއާގައި ފުރަތަމަ ފަހަރަށް ހިއްސާ ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުގައެވެ. އެހެންނަމަވެސް އަލަތު ދަރިފުޅަށް ބަލިވެއިންކަން މިހާތަނަށް އޭނާ ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ރޭގެވަގުތެއްގައި އިންޓަރކުރި ފޮޓޯ އިން ކްލޯއީގެ ފޭނުން ގެ ދިގުއިންތިޒާރަށް ނިމުން ގެނެސްދީފިއެވެ.

ކްލޯއީ އިންސްޓަގްރާމް ގައި ދައްކާލި ފޮޓޯއިން ފެންނަނީ އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްސަން ކްލޯއީގެ ބަނޑުގައި ހިފަހައްޓައިގެން ހުންނަތަނެވެ. ފޮޓޯ އިންސްޓަރ ކުރުމަށްފަހު އޭނާ ބުނެފައިވަނީ މިހާތަނަށް މިވާހަކަ ސިއްރެއްގެ ގޮތުގައި ބާއްވާފައިއޮތީ ލޯބިވެރިޔާ އަދި އާއިލާޔާއެކު މިއުފާވެރި ދުވަސްތައް ހޭދަކޮށްލުމަށް ކަމަށެވެ.

މީގެ އިތުރުން ކޮލޯއީ ބުނެފައިވަނީ އެންމެބޮޑު ހުވަފެން ހަގީގަތަކަށް ވެޖެކަމަށެވެ. “މިހާތަނަށް އެންމެ ދިގު އިންތިޒާރެއްކުރި އެންމެ އެދިއެދިހުރި ދުވަސް މިއަދު މިއައީ. އަހަރެން ޓްރިސްޓަންއަށް އިތުބާރުކުރިން. އަދި ދެމީހުން އެކުގައި މިދުވަސް ދެކޭނެކަމަށްކުރި އުންމީދު ގެއްލުވާވެސް ނުލަން. އަހަރެން މަންމަޔަކަށް ވުމުގައި ތިޔަކޮށްދިން ހުރިހާ ކަމަކަށް ޝުކުރިއްޔާ ޓްރިސްޓް. އަހަރެން މިހިރީ ވަރަށް އުފަލުން. ބިރުން،ހާސްވެފައި، އިންތިޒާރުގައި އުފަލުން ފޮޅިފައި” ކޮލޯއީ ބުނެފައިވެއެވެ. ކްލޯއީގެ މެސެޖަގައި ހުރިހާ ރައްޓެހިނަށް އަދި އާއިލާގެ ހުރިހާ މެންބަރުން ވެދޭ އެހީޔަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށްވެސް ބުނެފައި ވެއެވެ.

ކޮލޯއީކާޑޭޝިއަން ބަނޑަށްވީކިތަށް މަސްކަމެއް އަދި ވިހާނެ ތާރީޚެއް ހާމަކޮށްފައި ނުވެއެވެ.