މުޅިން އަލަށް ދެ ސިޔާސީއެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސިޔާސީ ދެ ޕާޓީއެއް އުފެއްދުމަށް އެކޮމިޝަނަށް މިހާރު ހުށައަޅާފައިވާ ކަމަށެވެ. ޝަރީފް މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ދެ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވީ ނަމަވެސް އެތަނުން އެއް ފަރާތުގެ ލިޔެކިޔުންތައް ހަމަ ނުވާތީ ރަޖިސްޓްރީކޮށް ދެވެން ނެތް ކަމަށް އެ ފަރާތަށް އަންގާފައިވާ ކަމަށާއި އަނެއް ފަރާތުގެ ލިޔެކިޔުންތައް މިހާރު ބަލަމުންދާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ދެ ސިޔާސީ ޕާޓީއެއްއަލަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވި ނަމަވެސް އެއާއިބެހޭ އެއްވެސް އިތުރު ވާހަކައެއް ހިއްސާކޮށްފައި ނުވެއެވެ. އެހެން ކަމުން އެއީ ކޮން ބަޔަކު އުފައްދާ ޕާޓީއެއް ކަމެއް އަދި އެނގޭ ގޮތެއް ނުވެއެވެ.