English Edition
Dhivehi Edition

އައްޑޫ ބެޑްމިންޓަން ކްލަބް (އޭބީސީ) ގެ ފަރާތުން އިންތިޒާމްކޮށްގެން މަންމަ މެންގެ ބެޑްމިންޓަން މުބާރާތް ރޭ ފަށައިފިއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ކަސްރަތުގެ ދާއިރާއިން މައިން ދެމި ތިބުމަށް”އައްޑޫ އޭބީސީ ގޮމަ ކަޕް”ގެ ނަމުގައި ބޭއްވި މިމުބާރާތުގެ މަގުސަދަކީ މައިން ބެޑްމިންޓަން ކުޅުމަށް ހިތްވަރު ދިނުމާއި ބެޑްމިންޓަންގެ ދާއިރާއިން އަންހެނުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.

އައްޑޫ ބެޑްމިންޓަން ކުލަބް ގޮމަ ކަޕް 2018 ކުރިއަށް ދާނީ މިމަހުގެ 11 އިން 14 ވަނަ ދުވަހުގެ ނިއަލަށް ހިތަދޫ ޒުވާނުންގެ މަރުކަޒުގެ އިންޑޯހޯލްގައެވެ.

އޯޕެންސް ޑަބަލްސް އަންހެން ޓީމްތަކަށް އެކަނި ބައިވެރިވެ ވޭގޮތަށް ހުޅުވާލާފައިވާ މިމުބާރާތުގައި މިފަހަރު ވަނީ 13 ޓީމް ބައިވެރިވެފައެވެ.

އައްޑޫގައި ބެޑްމިންޓަން ކުރިއެރުވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން ގެންދާ އޭބީސީން އަންނަނީ ބެޑްމިންޓަނަށް ގިނަ މީހުން ޝައުގުވެރި ކުރުމުގެ ގޮތުން ޓްރެއިނިން ޕޮރޮގުރާމް ތަކާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން ގިނަ މުބާރާތްތައް ހިތަދޫގައި ބާއްވަމުންނެވެ. މިގޮތުން އޭބީސީ އިން ވަނީ ޓީޗަރުންނަށް ހާއްސަ ކޮށްގެންނާއި ދާދި ފަހުން ވެޓްރަންސްގެ ނަމުގައި އުމުރުން 40 އަހަރުން މަތީގެ އަންހެން ފިރިހެނުންނަށް ހާއްސަ ކޮށްގެން މުބާރާތްތައް ބާއްވާފައެވެ.

ހޮރައިޒަން އެކަޑަމީއިން ރޭ ފަށާފައިވާ ވެޓަރަންސް މުބާރާތުގައި މިއަހަރު 26 ކުޅުން ތެރިން ހިމެނޭ ގޮތަށް 13 ޕެއާ ބައިވެރިވި މިމުބާރާތުގައި ރޭ ވަނީ 7 މެޗު ކުޅެފައެވެ.