English Edition
Dhivehi Edition
ޑަބްލިއުޑީސީ ބެޑްމިންޓަން ފިއެސްޓާ2024

ޑަބްލިއުޑީސީ ބެޑްމިންޓަން ފިއެސްޓާ 2024ގެ ފައިނަލަށް ޓީމް މަލާ އާއި ޓްރީޑީ ސްޕޯޓްސް އެކަޑަމީ ހިނގައްޖެއެވެ.

ޑަބްލިއުޑީސީން، ސިޓީ ފެންވަރުގައި ބާއްވާ ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް ޓީމް މަލާ ހޮވުނީ ސެމީފައިނަލުގައި ބޭރުމަތި ސްޕޯޓްސް ކްލަބާ ވާދަކުރިމެޗުން މޮޅުވެގެންނެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުން ޓްރީޑީ ސްޕޯޓްސް އެކަޑަމީ ފައިނަލަށް ދިޔައީ ޝަޓްލް ފައިޓާސް ގެ މައްޗަށް ކުރިހޯދައިގެންނެވެ.

މިމުބާރާތުގެ 3 ވަނަ ހޮވާ މެޗްވެސް މިއަދު މެންދުރު ފަހު ވަނީ ކުޅެފައެވެ. އެމެޗްގައި ޝަޓްލް ފައިޓާސް އާއި ބޭރުމަތި ސްޕޯޓްސް ބައްދަލުކުރި މެޗުން މޮޅުވެގެން މުބާރާތުގެ 3 ވަނައަށް ދިޔައީ ބޭރުމަތި ސްޕޯޓްސް ކްލަބެވެ.

ޑަބްލިއުޑީސީ ބެޑްމިންޓަން ފިއެސްޓާ

މިރޭ ކުޅޭ ފައިނަލް މެޗް އޮންނާނީ 7 ޖަހާއިރު އައްޑޫ ބެޑްމިންޓަން އެރީނާގައެވެ.

މި މުބާރާތުގައި ވަނީ ޖުމްލަ 5 ޓީމެއް ބައިވެރިވެފައެވެ. އެއީ ޓީމް މަލާ ، ޓްރީޑީ ސްޕޯޓްސް އެކަޑަމީ، ބޭރުމަތި ސްޕޯޓްސް ކްލަބް، ޝަޓްލް ފައިޓާސް އަދި ރޮކެޓް ރޯޔަލްސް އެވެ. މި މުބާރާތުގެ ފައިނަލް މެޗްވެސް “ވަގުތުންލައިވް” ގެ ފޭސްބުކު ޕޭޖް އިން ވަގުތުން ގެނެސްދޭނެއެވެ.

ޑަބްލިއުޑީސީން މިމުބާރާތް ކުރިއަށް ގެންދަނީ ، ދޮންނާ ޓްރޭޑާސް އާއި އައްޑޫ ބެޑްމިންޓަން ކްލަބް ގުޅިގެންނެވެ.