ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލް ދެވަނަ ލެގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް ޔުވެންޓަސް އަތުން ބަލިވި ނަމަވެސް ފަހުވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާ އެކު ރެއާލް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ރިއަލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ޔުވެންޓަސް އިން ކާމިޔާބުކޮށްފައިވަނީ 1-3 ލަނޑުގެ ނަތީޖާ އަކުންނެވެ.
ރެއާލް މެޑްރިޑް ސެމީ އަށް ކޮލިފައިވީ ދެ ލެގުގެ އެގްރިގޭޓުން 3-4 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ޔުވެންޓަސްގެ ދަނޑުގައި ރިއާލް ކާމިޔާބުކުރީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 76 ވަނަ ސިކުންތުގައި މަންޒުކިޗްގެ ލަނޑުން ޔުވެންޓަސް ލީޑު ނަގާފައިވާއިރު މަންޒުކިޗް ވަނީ މެޗުގެ 37 ވަނަ މިނެޓްގައި ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުވެންޓަސް އިން ނިންމާލިއިރު މެޗުގެ 60 ވަނަ މިނެޓްގައި މަޓުއިޑީ ވަނީ ޔުވެންޓަސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
ޔުވެންޓަސްގެ މި ގޯލަށްފަހު ރެއާލް އިން ގިނަވަގުތު ބޯޅަ ގެންގުޅެ ޔުވެންޓަސްގެ ފަހަތަށް ބާރު ބޮޑުކުރިއިރު، މި މެޗުން ރެއާލް މޮޅުވި ގޯލު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 120 ވަނަ ގޯލެއެވެ.
މިއީ މުބާރާތުގެ ސެމީއަށް ރެއާލް ޖެހިޖެހިގެން ދަތުރުކުރި އަށްވަނަ ފަހަރެވެ.