ރަގަޅު ގޮތުގައި ގޯތިތެރޭގައި ގަސް އިންދުމާއި ދަނޑުވެރިކަން ކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް މީދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. ޗޭނު ޖަމިއްޔާއިން ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގައެވެ. މި ވޯކްޝޮޕްގެ އެންމެ ބޮޑު ބޭނުމަކީ ގޯތިތެރޭގައި ގަސް އިންދާ މީހުންގެ ނިސްބަތް އިތުރުވުމާއެކު، ރަގަޅު ގޮތުގައި ގަސް އިންދަން ދަސްކޮށްދިނުންކަމުގައި އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. 30 ފަރާތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7739546 މަރްޔަމް ޒުހުރީއަށް ގުޅުމުން ނަން ނޯޓު ކުރުމުގެ ކަންތައް ހަމަޖެހިގެންދާނެ ކަމަށް ޗޭނު ޖަމިއްޔާއިން ވަނީ ބުނެފައެވެ. މީގެ ކުރިންވެސް ޗޭނު ޖަމިއްޔާއިން ވަނީ އައްޑޫ ސިޓީ މީދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން ދަނޑުވެރިކަމާއި ގުޅޭ ގިނަ ތަމްރީނު ޕޮރޮގްރާމްތަކެއް ބާއްވާފައެވެ. މި ގޮތުން 2014 ވަނަ އަހރަު ޗޭނު ޖަމިއްޔާއިން އިން ވަނީ ސ. އަތޮޅު މަދަރަސާއާއި ގުޅިގެން އެ ސްކޫލުގައި ދަނޑެއް ހަދާ ދީފައެވެ. އަދި އެގްރޯފޮރެސްޓް ޕްރޮޖެކްޓްގެ ދަށުން ޗޭނު ޖަމިއްޔާއިން ރާއްޖޭގެ އެކި ރަށްރަށަށް ކުރި ދަތުރު ތަކުގައިވެސް އަތޮޅު މަދުރަސާގެ އެގްރިކަލްޗަރ ކްލަބުގެ ދަރިވަރުންވަނީ ބައިވެރިކޮށްފައެވެ.