English Edition
Dhivehi Edition

އުތުރު އަލްޖީރިއާގައި އަސްކަރީ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި މިހާތަނަށް 257 މީހުން މަރުވެފައިވާ ކަމަށް އަލްޖީރިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ބޯފަރިކް މިލިޓަރީ އެއަރޕޯޓުން ބޯޓު ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މަރުވެފައިވާ ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ސިފައިންނާއި އެމީހުންގެ އާއިލާ މީހުން ކަމަށް އަލްޖީރިއާގެ ޑިފެންސް މިނިސްޓްރީއާއި ޙަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ. ކްރޫގެ ދިހަ މެމްބަރުންވެސް ވަނީ މަރުވެފައެވެ.

މަތިންދާ ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު އަލްޖީރިއާގެ އާރމީ ޗީފް އޮފް ސްޓާފް ވަނީ ބޯޓު ވެއްޓެން ދިމާވި ސަބަބު ތަޙުޤީޤު ކުރުމަށް އަމުރު ކުރައްވާފައެވެ.

މިއީ މިފަދަ ހާދިސާއެއް އަލްޖީރިއާގެ އަސްކަރީ މަތިންދާ ބޯޓަކަށް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ހަތަރު އަހަރު ކުރިން ސިފައިންނާއި ސިފައިންގެ އާއިލާތައް ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި ބޯޓުން ދަތުރު ކުރި 77 މީހަކު ވަނީ މަރުވެފައެވެ.