English Edition
Dhivehi Edition
އަލްޖީރިއާގެ ރައީސް އަބްދުލް އަޒީޒް ބޫތެފްލިކާ

އަލްޖީރިއާގެ ރައީސް އަބްދުލް އަޒީޒް ބޫތެފްލިކާ 20 އަހަރު ވަންދެން ވެރިކަން ކުރައްވާފައި މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އަބްދުލް އަޒީޒް ބޫތެފްލިކާއާއި ދެކޮޅަށް ކުރަމުންގެންދިޔަ މުޒާހަރާތަކަށްފަހު މަގާމުން އިސްތިއުފާ ދެއްވީ އޭޕްރީލް 2ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އާލާސްކަންފުޅުގައި އުޅުއްވާ 82 އަހަރުފުޅުގެ ބޫތެފްލިކާ އިސްތިއުފާ ދެއްވިކަން އިއުލާން ކޮށް ހާމަކުރެއްވީ އޭޕީއެސް ނޫސް އޭޖެންސީ މެދުވެރިކޮށް އާއްމުކުރި ސިޓީއެއްގައެވެ. ބޫތެފްލިކާ އިސްތިއުފާ ދެއްވުމަށްފަހު ކޮންސްޓިޓިއުޝަނަލް ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުފައިވަނީ، އޭނަގެ ބޭނުމަކީ އަލްޖީރިއާގެ ހުރިހާރައްޔިތުން އެދޭގޮތަަށް ނިންމުމާއި މަސްލަހަތު ގޯސްނުވެ ރައްޔިތުން އެކަކު އަނެކަކަށް ގެއްލުންދީ މުދާތައް ހަލާކުވެ ތަންތަނަށް ގެއްލުން ނުދެނީސް އަވަހަށް ރައްޔިތުން އެދޭ ގޮތަށް އޭނަގެ ދައުރު ނިންމަވާލެއްވުމެވެ.

ރައީސް އަބްދުލް އަޒީޒް ބޫތެފްލިކާ އިސްތިއުފާ އަށް ގޮވާ މުޒާހަރާކުރި އަލްޖީރިއާގެ ކިޔަވަމުން އަންނަ އުމުރުން 20 އަހަރުގެ އަންހެން ކުއްޖަކު ބުނީ، މިހާރު އިހްސާސްވަނީ މުޅިން އާޤައުމެއް ފެންނަހެން ކަމަށާއި،މިއަދު ވަރަށް އުފާވާ ކަމަށާއި އަދި އާ ރައީސަކު މި ޤައުމުގައި ހުންނަތަން ފެންނަން އުޅޭތީ އެކަމާ ވަރަށް އުފާވާ ކަމަށެވެ.

ބޫތެފްލިކާ ވެރިކަމަށް ވަޑައިގަތީ 1999ގެ އަހަރުތަކުގެ ތެރޭގައި އަލްޖީރިޔާގައި ކުރިޔަށް ދިޔަ ދާހިލީ ހަނގުރާމައަށް ފަހު، އެ ގައުމުގެ ސިފައިންގެ އެހީތެރިކަމާ އެކުގައެވެ.

2013 ވަނަ އަހަރު އެމަނުކުފާނަށްވަނީ ސްޓްރޯކެއް ޖެހިވަޑައިގެންފައެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ބޫތެފްލިކާ ވަނީ މިނިސްޓަރ އޮޮފް ފޮރިން އެފެއާޒް ގެ މަގާމު 1963 ގައި ފުރުއްވާފައެވެ.

އަބްދުލް އަޒީޒް ބޫތެފްލިކާ އަކީ އަލްޖީރިއާގައި ފުރަތަމަފަހަރަށް އެންމެ ގިނަ ދުވަސް ވަންދެން ވެރިކަން ކުރެއްވި ރައީސެވެ.