English Edition
Dhivehi Edition

ރެޔަކަށް 400 ރުފިޔާ ދޭ ގޮތަށް، ރަމަޟާން މަހު މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހް ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިސްލާމް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކަމަށް އެދޭ މީހުން، ކަނޑައެޅިފައިވާ ފޯމް ފުރިހަމަކޮށް މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ދިވެހި ހާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާނަމަ ކޮންމެ ރެޔަކަށް 400 ރުފިޔާ ދެވޭނެ ކަމަށާއި އެގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދެ އިމާމުންނަށް ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މި ކަމަށް އެދި ހުށަހަޅާފަރާތްތަކުން ރަށު ކައުންސިލެއްގެ މިސްކިތެއްގައި ތަރާވީހު ނަމާދު ކުރާނަމަ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ މާލެ ސިޓީ ފިޔަވާ އެހެން ސިޓީއެއްގެ މިސްކިތެއްގައި ތަރާވީހް ނަމާދު ކުރާނަމަ އެ ރަށެއްގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެ އެވެ.