English Edition
Dhivehi Edition

ރާއްޖެ ފަދަ ގައުމެއް ވަކި ގައުމަކާ މާބޮޑަށް ގާތްވެ، ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވުމަކީ އޭގެ ސަބަބުން “ނުރައްކަލެއް” އޮތް ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ

ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖެ މިހާރު ދަނީ ޗައިނާއާ މާބޮޑަށް ގާތް ވަމުން ކަމަށާއި އެއްވެސް ގައުމަކާ ބާއްވާ ގުޅުމަކީ އޭގެ ސަބަބުން ރާއްޖެއަށް އިންތިހާއަށް ނުފޫޒު ފޯރުވިދާނެ ގޮތަކަށް ބާއްވާ ގުޅުމަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ވަކި ގައުމަކާ މާބޮޑަށް ގުޅުން ބަދަހި ކޮށްފިނަމަ އެގައުމުގެ ނުފޫޒު ރާއްޖެއަށް ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ ގައުމުތަކާ އޮންނަން ޖެހޭނީ ހަމަހަމަ ގުޅުން ތަކެއް ކަމަށެވެ.އަދި ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އިންޑިޔާއާވެސް ރަނގަޅު ގުޅުމެއް އޮތް ކަމަށާއި ނަމަވެސް އިންޑިޔާއަށް ބަރޯސާ ވެގެން އޮންނަ ފަދަ ގުޅުމެއް ނުބާއްވާ ކަމަށެވެ