English Edition
Dhivehi Edition

ިފަހަރުގެ މޭޑޭއަކީ މަޖޫރީންގެ މޭޑޭއެއް ކަމަށާއި، އެ ދުވަހު މަސައްކަތްތެރިންގެ ހައްޤުތައްލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ

މުހައްމަދު މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިފަހަރުގެ މޭޑޭއަކީ ތަފާތު، އަދި ތާރީހީ މޭޑޭއަކަށްވާނެކަމަށާއި ހައްޤުތައް ހޯދުމަށް މޭޑޭ ގެ އިހުތިޖާޖަށް 30000 މީހުން ނިކުންނާނެކަމަށް ލަފާކުރެވޭކަމަށެވެ. މީގެ އިތުރުން މުސްތަފާ ވިދާޅުވީ މިފަހަރު ގެޔަށް ވަންނަ ގޮތަށް އޮތީ ހައްޤުތައް ހޯދުމަށްފަހުގައިކަމަށެވެ

2015 ވަނަ އަހަރު މޭޑޭ ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކަށް ގިނަ ބަޔަކު އެއްވެފައިވާއިރު އަތޮޅުތަކުން ވެސް ގިނަ ރައްޔިތުންތަކެއްވަނީ މި އެއްވުމުގައި ބައިވެރިވެފައެވެ. އެދުވަހުގެ މުޒާހަރާގައި ސަރުކާރު ވައްޓާލަން މަސައްކަތްކަށް ކޮށްފައިވާއިރު އެ ދުވަހުގެ މުޒާހަރާގައި ދެއްކި ވާހަކަތަކާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެ ޕާޓީގެ ކައުންސިލް މެމްބަރު ސޮބާހު ރަޝީދު ގެ އިތުރުން އަލީ ވަހީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފައެވެ

މަސައްކަތްތެރިންގެ ހައްޤުތަކުގެ ދިފާއުގައި ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ މޭޑޭއަކީ، މެއި މަހުގެ އެއްވަނަ ދުވަސް އެވެ.