English Edition
Dhivehi Edition

ދުނިޔޭގެ ގިނަބަޔަކު 1 މޭ ފާހަގަ ކުރަނީ މަސައްކަތް ތެރިންގެ ދުވަހުގެ ގޮތުގައެވެ. މަސައްކަތްތެރިންގެ ދުވަސް ނުވަތަ އިންޓަރނޭޝަނަލް ލޭބަރ ޑޭ ފާހަގަ ވެފައި މިވަނީ މަސައްކަތްތެރިންގެ އަގު ވަޒަން ކުރާ ދުވަހެއް ގޮތުގައެވެ.

އިންޓަރނޭޝަލް ލޭބަރ ޑޭ ފާހަގަ ކުރަން ފެށިފައި މިވަނީ 1890 ވަނަ އަަަހަރުއެވެ. ފުރަތަމަ މިދުވަސް ފާހަގަ ކުރީ 1884 ގައި އެމެރިކަން ފެޑެރޭޝަން އޮފް އޯގަނައިޒްޑް ޓްރޭޑްސް އެންޑް ލޭބަރ އުނިއަންސް އިން ކޮންމެދުވަހަކުވެސް 8 ގަޑިއިރު މަސައްކަތް ކުރުމަށް މަސައްކަތްތެރިންނަށް ޑިމާންޑް ކުރުމުން އެކަމާ ދެކޮޅަށް މަސައްކަތްތެރިން އަޑު އުފުލައި، ގައުމުގެ މަސްލަހަތު ގެއްލޭހިސާބަށް ދިޔުމުންނެވެ. ޗިކާގޯގެ ހޭމާރކެޓް ސްކޮޔަރ ރިއަޓުން ނުކުމެ ފުރަތަމަ ފެށީ ސުލްޙަވެރި މުޒާހަރާ ތަކެކެވެ. ނަމަވެސް 4 މެއި 1889 ގައި މުޒާހަރައިގެ މީހުންގަނޑު ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރުމުން ފުލުހުންނާއި ދިމާލަށް މުޒާހަރާގެ ބައިވެރިން ވަނީ ބޮން އުކައި ލާއިންސާނީ އެތައް ޢަމަލެއް ހިންގައިގެން އެތައް ފުލުހުންނަކާއި އާންމު ރައްޔިތުންގެ ފުރާނަދިޔަ ލޭ އޮހޮރުވުމަކަށް ގޮސްފައެވެ.

އާއެކެވެ! މަސަައްކަތްތެރިންނަށް މަސައްކަތް ހަވާލުވެ ހައްޤު އުޖޫރަ ނުލިބޭނަމަ އެކަމާއި ރުޅި އަންނާނެއެވެ. އަދި ވަރުބަލިކަން ނުފިލައި މަސައްކަތް ކުރަންވީމައި ބަލިވެސް ވާނެއެވެ. ޔަޤީނުންވެސް މަސައްކަތްތެރިންނާއި ނުލައި ޤައުމެއް ކުރިއަރައިވެސް ނުދާނެއެވެ. މަސައްކަތްތެރިންގެ ހައްޤާއި ބެހޭ ގޮތުން ރަސޫލާ صلى الله عليه وسلمގެ އެތައް ހަދީޘެއް ވެއެވެ. އޭގެތެރެއިން ފާހަގަވި މަޝްހޫރު ހަދީޘް އެއްގެ މާނައިގައި ވެއެވެ.” ތިޔަބައިމީހުންގެ މުއައްޒަފުންނަކީ، ތިޔަބައިމީހުންގެ އަޚުންނެވެ. އެބައެއްގެ މައްޗަށް ތިޔަބައިމީހުންނަށް ހައްޤު ތަކެއް ވެއެވެ. އެއްވެސް މުސްލިމެއް އަނެއް މުސްލިމަކާއި ހަވާލު ވެއްޖެނަމަ، އެމީހަކަށް ތިމާމެން ކައިބޮއެ އުޅޭހެން ކާންދޭންވާނެއެވެ. އުނުއަންނައުނު އަންނަހެން އަންނައުނު ދޭންވާނެއެވެ. މަސައްކަތުގައި ނުއުފުލޭ ވަރު ތަކުލީފެއް ނުޖައްސާށެވެ، އަދި މަސައްކަތުގައި އެހީވާށެވެ. “ މިކަމާއި ގުޅޭގޮތުން ޢުމަރު ރަޟިޔަالله‎ ޢަންޙް ރިވާ ކުރައްވާފައިވާ ހަދީޘެއްގެ މާނައިގައި ވެއެވެ.” މަސައްކަތްތެރިޔާގެ ގައިން ދާހިކުމުގެ ކުރިން އެމަސައްކަތްތެރިޔާގެ އުޖޫރަ އެމީހަކަށް ދޭށެވެ.” އަދިވެސް އަބޫ ސައީދް އަލް ހުދްރީ ރަޟިޔަالله‎ ޢަންޙް ރިވާކުރައްވާފައިވާ ހަދީޘެއްގައި ކީރިތިރަސޫލާ صلى الله عليه وسلم ހަދީޘް ކުރެެއްވި ކަމަށް ވެއެވެ. “ ތިމާ މީހަކާއި މަސައްކަތެެއް ހަވާލުކުރާއިރު، އެމަސައްކަތުގެ އުޖޫރަ އެމަސައްކަތެއް ކުރާމީހާއަށް ކުރީބައިގައި އަންގާށެވެ.”

މަސައްކަތްތެރިންނާއި މެދު އިހާނެތި ކޮށް ހިތުމަކީ ބިރު ހުރިކަމެކެވެ. މަސައްކަތްތެރިންގެ ހައްޤު މިންވަރު މަސައްކަތްތެރިންނަށް ލިބެންވާނެއެވެ. ހަމަ އެހެންމެ ތިމާގެ އަމިއްލަ މަސައްކަތުން ހަލާލު ގޮތުގައި ފައިސާ ހޯދުމަކީ އިސްލާމް ދީން ބާރު އަޅާކަމެކެވެ. އެކަމެއްގެ ސަބަބުން ތިމާގެ ދިިރިއުޅުން އުޖާލާވާނެ ކަމެކެވެ. މަސައްކަތްތެރިންގެ ދުވަސް ނުވަތަ އިންޓަރނޭޝަނަލް ލޭބަރ ޑޭ ފާހަގަ ކުރަމުންދާއިރު އަޅުގަނޑުގެ ދުޢާ އަކީ ކޮންމެ މަސައްކަތްތެރިއަކީ މަސައްކަތަށް އިޚްލާސްތެރި ފަރުވާތެރި ބަޔަކަށް ވުމާއިއެކު ކޮންމެ މަސައްކަތްތެރިއަކަށް ހައްޤު އުޖޫރަ ލިބި އަޅުގަނޑުމެންގެ ވެރިންނަކީ އަޅުގަނޑުމެންނަށް އޯގާވެރި ބައެއް ކަމުގައި ލެއްވުމެވެ!

1 ކޮމެންޓް
Ibrahim6684
މެއި 2, 2021
Amen