English Edition
Dhivehi Edition

މިއަދުގެ ސަރުކާރުން ކާޑުގެ އަގު ބޮޑުކުރަން ޖެހުނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ކުރި އެތައް ކަމެއްގެ ޒިންމާ ރައީސް ޔާމީންގެ ސަރުކާރުން ނަގަން ޖެހުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ، ވިޔަފާރިވެރިންގެ އަތުގައި އެބަހުރި ކަމަށާ އެފަދަ ފައިސާ ދަޢުލަތަށް ލިބިފައިވާނަމަ ކާޑުގެ އަގު މީގެކުރިންވެސް ބޮޑުވެގެން ނުދާނެ ކަމަށެވެ . މީގެ އިތުރުން ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް ހޯދުމަށްޓަކައި 300 އެތައް މިލިއަން ޑޮލަރެއް މި ސަރުކާރުން ޚަރަދުކުރަން ޖެހުނު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޕްރޮގްރާމު ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވީ ގައުމުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް ދިވެހިރާއްޖެއަކީ މި ޒަމާނަށް ތައްޔާރުވެފައި އޮތް ޤައުމަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

“26،000 ޓޫރިސްޓު އެނދަށް ތައްޔާރުވެފައި އޮތް ޤައުމެއް މިއީ. މިއޮތް ހުރިހާ ދުވަހު ނެތް މި 26،000 އެނދުން 30،000އިން 40،000 ޓޫރިސްޓު އެނދަށް ޖައްސަން މި ޤައުމުގެ އިންފްރާސްޓްރަކްޗަރ ތައްޔާރުވެފައެއް. އެއާޕޯޓާ ގުޅުންހުރި ހުރިހާ ވަޞީލަތްތަކެއް، އެއީ ތެޔޮ ރައްކާކުރާ ޓޭންކަށް ދަންދެން ހުރީ ވަރަށް ކުރު ރާސްތާއަކަށް ވިސްނާފައި ކަންކަން ކޮށްފައިހުރީ،” މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ މީގެކުރިން ދުވަހަކުވެސް ރާއްޖެ ނުދާފަދަ މިސްރާބަށް ތަރައްޤީގެ ހުރިހާ ކަމެއް ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންދާ ކަމަށާއި ދިވެހިރާއްޖޭގެ ރިޒާރވް 720 މިލިއަނަށް ގާތްގަނޑަކަށް އެންމެ ފަހުގެ ހިސާބުތައް އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި 300 މިލިއަން ޑޮލަރު ދައްކާ ބައިނަލްއަޤްވާމީ އެއާރޕޯޓު ގަނެ ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދާ މިހުރިހާ ކަމެއް ކޮށްފައި ކާޑުގެ އަގުވެސް ހެޔޮކޮށްފައިވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.