English Edition
Dhivehi Edition

ވަރޫން ދަވަން އާއިއެކު ފިލްމެއްގެ ޝޫޓިންގއަށް ދިއްލީއަށް ފުރާފައިވާ އަނުޝްކާ ޝަރުމާ އަށް ދާދާސާހިބް ފަލްކޭ އެކްސެލެންސް އެވޯޑް ދިނުމަށް ނިންމައިފިއެވެ.

އެކްޓިންގ ގެ އިތުރުން އަނުޝްކާ އަކީ ބޮލީވުޑްގައި މަޝްހޫރު ޕްރޮޑިއުސަރެކެވެ. ބޭބެ ކަރްނޭޝް ޝަރްމާ އާއެކު އަނުޝްކާ ވަނީ މިހާތަނަށް “އެންއެޗް10” ، “ފިލޯރީ”، އަދި ދާދި ފަހުން ރިލީޒް ކުރެވުނު ފިލްމް”ޕަރީ” ޕްރޮޑިއުސް ކޮށްފައެވެ.

އަބަދުވެސް ތަފާތު ހުނަރުތައް ކުރިއެރުވުމަށް ސަމާލުކަން ދެމުންގެންދާ އަނުޝްކާ ވަނީ އޭނާގެ މަސައްކަތުން ގިނަ ބައެއްގެ ހިތް އަތުލާފައެވެ. އޭނާގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދާދާސާހިބް ފަލްކޭ ފައުންޑޭޝަނުން މި އެވޯޑް އޭނާއަށް ދިނުމަށްވަނީ ނިންމާފައެވެ.

ޚަބަރުތައް ބުނާ ގޮތުން އިތުރު ތިން ފިލްމެއްގެ މަސައްކަތް ފެށުމަށް އަނުޝްކާ ވަނީ ތައްޔާރުވެފައެވެ. އަނުޝްކާގެ ފިލްމް”ޕަރީ” ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ އިރު އެފިލްމްގެ ރީމޭކެއް ތަމަޅަ ބަހުން އުފައްދަން ދަނީ ތައްޔާރު ވަމުންނެވެ.