ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަށް ފުލުހެއްގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށްފި އެވެ
1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތިން އަދާކުރަން ޖެހޭ ވާޖިބެއް އަދާނުކޮށް ދޫކޮށްލުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތެވެ
މީގެ އިތުރުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވަން އުޅުމުގެ ތުހުމަތުވަނީ ކޮށްފައެވެ. އަދި ގާނޫނާ ހިލާފަށް ސިޔާސީ އަދި ދީނީ ވަކި ފިކުރެއް ކުރިއެރުވުމުގެ މަގްސަދުގައި އާންމުންގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވަން އުޅުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެއްވެސް ސިފައެއްގައި އެހީތެރިވެދިނުން ނުވަތަ ބައިވެރިވުމުގެ ތުހުމަތު އެމީހުންނަށް ކުރެ އެވެ
މި ތުހުމަތުތައް އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް ހުސެއިން، ސްޓޭޝަން އިންސްޕެކްޓަ ފާއިޒް މުހައްމަދް، ސާޖަންޓް އަހުމަދު އާސިމް، ސާޖަންޓް އަލީ ރިޝްވާން، ސާޖަންޓް އަބްދުﷲ ރިޔާޒް، ކޯޕްރަލް އަލީ ނަސީރު، ކޯޕްރަލު ހަސަން ނަސީރު އަދި ކޯޕްރަލު މުހައްމަދު ޝާމިން އަށް ކުރެ އެވެ