English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލް ފުރަތަމަ ލެގުގައި ރޭ ރޯމާއާއި ބާސެލޯނާ ބައްދަލު ކުރި މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް ބާސެލޯނާ ސެމީފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 4-1 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

ރޭގެ މެޗުގައި ބާސެގެ ދަނޑުގައި ވަރަށް ރަނގަޅު ޑިފެންސިޕް ގޭމެއް ކުޅުނު ނަމަވެސް ރޭގެ މެޗުގައި ރޯމާ ކޮޅަށް ވަން ދެ ލަނޑަކީ ވެސް ރޯމާ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ދެ ލަނޑެވެ.

ރޭގެ މެޗުގައި ރޯމާ ކޮޅަށް ވަން ފުރަތަމަ ލަނޑަކީ މެޗުގެ 38 ވަނަ މިނެޓުގައ މިޑްފީލްޑަރު ޑެނިއެލް ޑި ރޮސީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ރޮސީގެ އަތުން ބައިކޮޅަށް ވަން ގޯލާއި އެކު ބާސާ 1-0 ލަނޑުގެ ލީޑަކާއި އެކު ފުރަތަމަ ހާފް ނިންމާލި ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ވެސް ބާސާއިން ދިޔައީ ރޯމާގެ ގޯލަށް ނުރައްކާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ބާސާއިން ދެ ލަނޑުގެ ލީޑެއް ހޯދިއެވެ. އެ ލަނޑަކީ ރޯމާގެ ޑިފެންޑަރު ކޮސްޓަސް މަނޯލަސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ލަނޑުތަކާއެކު ބާސެލޯނާއިން މެޗުގައި ލީޑު ފުޅާކުރާއިރު މެޗުގައި އެޓީމުން ޖެހި ފުރަތަމަ ލަނޑު ޖަހައިދިނީ ގެރަޑް ޕީކޭ އެވެ.ޕީކޭގެ ލަނޑުން ބާސާ 3 ލަނޑުގެ ލީޑެއް ނެގި ނަމަވެސް ރޯމާގެ ޗެކޯ ވަނީ ލަނޑެއް ޖަހާ ރޯމާއަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް ލުއިޒް ސުއަރޭޒް ވަނީ ދެވަނަ ފަހަރަށް މެޗުގައި ބާސާއަށް 3 ލަނޑުގެ ލީޑެއް ނަގައި ދީފައެވެ.

މި ދެޓީމު ދެވަނަ ލެގުގައި ބައްދަލު ކުރާނީ ރޯމާގެ އަމިއްލަ ދަނޑުގައެވެ. މި މެޗު ކުޅޭނީ އަންނަ އަނގާރަ ދުވަހުގެ ރޭ އެވެ