English Edition
Dhivehi Edition

ލޯކަން ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކުގެ މެންބަރުންނާ މެދު ފިޔަވަޅު އެޅި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅައިފިއެވެ

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އެވެ. ކައުންސިލަރުންނާމެދު ފިޔަވަޅު އެޅުމަށް ނިންމި އެލްޖީއޭގެ މެންބަރުންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްވެސް އެ ދުސްތޫރީ މައްސަލާގައި އެދިފައިވާއިރު އެދި އެމައްސަލަ ހައިކޯޓުން ބަލައިގަނެފައެއް ނުވެ އެވެ

އައްޑޫ ސިޓީ ކައުންސިލް އިން ނެރުނު ބަޔާނަކާއި ގުޅިގެން އެލްޖީއޭ އިން ކައުންސިލްތައް ސަސްޕެންޑުކޮށްފައިވަނީ މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށް އެއް މަހުގެ މުއްދަތަކަށެވެ.މި މައްސަލައާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ މޭޔާ އަބްދުﷲ ސޯދިގް އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އާއި ކައުންސިލަރުން ކަމަށްވާ ޖަމްޝީދާ މުހައްމަދު އަދި އަލީ ފަހުމީ ސަސްޕެންޑްކޮށްފައިވާއިރު، މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ ކައުންސިލް ރޫޅާލުމަށް ހައި ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް އެލްޖީއޭ އިން ވަނީ ދީފަ އެވެ