English Edition
Dhivehi Edition

މިނިވަންކަޕް 2017 ގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރޭ ނަސްރިއްޔާ ޕްރީ ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތުގައި ޓީމުތަކުގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތުގައި 10 ޓީމު ބައިވެރިވެފައިވާއިރު މުބާރާތުގެ ގުރޫޕް އޭ ގައި ހިމެނޭ ޓީމްތަކަކީ މަންތަރަ، ފްރެންޑްސް ކްލަބު، ހުޅުދޫ ޔޫތް، ރިސޯޓް ބޯއިސް އަދި އޭޓީ ސްޕޯޓްސްއެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ފެނަކަ، މަލްޓި ޖީނިއަސް ސިޓީ، މަރަދޫ އެފްސީ، ކެނެރީފް އަދި ސައުތު ބްލޫސް އެވެ. 15 ޖުލައި ދުވަހު ރޭގަނޑު 9 ޖަހާއިރު ހުޅުދޫ ފުޓްސެލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަންތަރަ ޓީމާއި ފްރެންޑްސް ކްލަބެވެ. ކޮންމެ ދުވަހަކު ހަވީރު އެއް މެޗު ، ރޭގަނޑު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް އޮންނާނީ 26 ޖުލައި 2017 ގައެވެ. ޖުމްލަ 120 ކުޅުންތެރިންނާއެކު ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު ރަނަރަޕް ޓީމަށް ވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސޮޕޮންސަރަކީ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު ޝަހިދު އެވެ. ކޯ ސްޕޮންސަރަކީ އައިލެންޑް އެކްސްޕްރެސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.