އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދަށް މުސާރަ ނުލިބޭގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ
ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު ތަކުން ދެ ބޭފުޅުން އެކަހެރިކޮށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައިވަނީ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީމަހުގައެވެ. އެހެންނަމަވެސް އެފަހަރު ސަސްޕެންޑު ކުރުމުގައި ދެބޭފުޅުންގެ މުސާރަ ކަނޑާލާފައެއް ނުވެއެވެ
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ