English Edition
Dhivehi Edition
ސްޕްރީމް ކޯޓ: މިހާރު ފޮޓޯ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރަން ލާޒިމްވާ ގޮތަށް ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ފާސްކޮށްފައިވަނީ ރޯލް ކޯލް ވޯޓަކަށް ގޮސްގެންނެވެ.

މަޖިލީހުގެ ވޯޓިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ރޯލް ކޯލް ވޯޓަކުން މި ބިލު ފާސްކޮސްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 68 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ބިލް ފާސް ކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވޯޓު ދެއްވި އިރު ބިލް ފާސްކުރަން ވޯޓު ދޭން ޕީއެންސީން ވަނީ ތްރީލައިން ވިޕެއްވެސް ނެރެފައެވެ.