English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހިތަދޫގައި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހަދާފައިވާ އިމާރާތް ހުރި ސަރަހައްދުން އަލުން ގޯތި ދޫކުރަން ނިންމައިފި އެވެ

މިދިޔަ ފެބްރުއަރީމަހު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބލުން ފާތިމަތު އިބްރާހީމް އައްޑޫ އަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި، އީސީސީ ހުރި ސަރަހައްދުން ގޯތި ދޫކުރާނެކަން އިއުލާންކޮށްފައިވަނީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މިސަރަހައްދުން ގޯތި ދޫކުރަން ނިންމާފައިވަނީ ކުރިން މިސަރަހައްދުން ގޯތީގެ ބަދަލުދޭ ގޮތަށް ނަގާފައިވާ ގޯތި ތަކުގެ ވެރިފަރާތްތަކަށެވެ

ރޭ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރަން ޖެހިވަޑައިގެންނެވި ކަމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި “ހޭވިހަޑި” ތާހިރުކުރުން ކަމަށާއި އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި އީސީސީ ސަރަހައްދުން ގޯތިތަކެއް ދޫކޮށް، ފަހުން އެ ގޯތިތައް ދައުލަތަށް ނަގާފައިވާކަމަށެވެ.އަދި އެ ގޯތިތަކަށް ސަރުކާރުން ބަދަލުދޭން ނިންމާފައިވާ ނިންމުމަކީވެސް އެފަދަ ކަމެއް ކަމަށާއި އެގޯތިތަކުގެ ވެރިފަރާތްތަކަށް އަލުން އެ ސަރަހައްދުން ގޯތި ދޫކުރަން މިސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އީސީސީ ސަރަހައްދުން ގޯތި ލިބުނު މީހުންގެ އަތުގައި ގޯތި ލިބުނު ކަމުގެ ލިޔުމެއް އޮތް ނަމަ ހައުސިން މިނިސްޓްރީއަށް ލިޔުންތައް ހުށަހެޅުމަށް އެދޭ ކަމަށާއި ލިޔުމެއް ނެތް ނަމަ ކޯޓަށް މައްސަލަ ހުށަހަޅައިގެން ގޯތި ލިބިފައިވާ ކަން ކޯޓު މެދުވެރިކޮށް ސާބިތުކޮށްދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ

ޓެގު