English Edition
Dhivehi Edition
ކުރީގެ ހައުސިންގ މިނިސްޓަރ، ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ: ހުސެއިން ވަހީދު (މިހާރު)

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު އެންޓިކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު މުއިއްޒު އީސީސީ އަށް ހާޒިރުކޮށްފައިވާއިރު، އޭނާ ވިދާޅުވީ އޭސީސީއަށް ހާޒިރުވާން އެންގީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހެދި ބްރިޖް ވިއު ޕްލެޓްފޯމްގެ އެގްރީމެންޓާއި ގުޅޭ ބައެއް ތުހުމަތުތަކާއި އެ ސަރަހައްދުގައި ހުންނަ ނިއުޕޯޓު އިމާރާތާ ގުޅޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މުއިއްޒު އީސީސީ އަށް ހާޒިރު ކުރީ ސިޔާސީ ބޭނުމަށް ސަރުކާރުގެ ނުފޫޒާއެކުކަމަށް ތުހުމަތުކުރަމުން ވިދާޅުވީ އެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މާދަމާ 10:25 އަށް އޭސީސީ އަށް ހާޒިރުވާނެކަމަށެވެ.