އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ސ. އަތޮޅު ބުރުގެ ހަތަރު ވަނަ މެޗުގައި ހުސައިން ޝާމިން (ޝާނާ) ކާމިޔާބު ކުރި ދެ ލަނޑުން މަރަދޫފޭދޫ އިން މަރަދޫ ބަލިކޮށްކޮށްފިއެވެ.
ހިތަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހިވީރު ކުޅުނު މިމެޗު މަރަދޫފޭދޫއިން ކާމިޔާބުކޮށްފައިވަނީ 2-4 ލަނޑުންނެވެ.
އިއްޔެ ހަވީރު މަރަދޫ އާއި ފޭދޫ ކުޅުނު މިމެޗުގައި މަރަދޫގެ ފަރާތުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގައި މަރަދޫއަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން ނުހިފުމުގެ ސަބަބުން މަރަދޫ ފޭދޫއިން ވަނީ ލިބުނު މަދު ފުރުސަތުގެ ބޭނުން ހިފައި މަރަދޫ ކޮޅަށް ހަތަރު ލަނޑު ޖަހާފައެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގެ 6 ވަނަ މިނިޓުގައި މަރަދޫ ފޭދޫއަށް ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ އިއްޔެގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މަރަދޫ ފޭދޫ ޓީމުގެ ހުސައިން ޝާމިން(ޝާނާ)އެވެ. އެ ޓީމްގެ ދެވަނަ ލަނޑު މެޗުގެ 19 ވަނަ މިނިޓުގައި އަބްދުﷲ ޝިފާޒް ކާމިޔާބު ކުރި ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޝާމިނެވެ. އަދި މަރަދޫ ފޭދޫ ޓީމްގެ ފަހު ލަނޑު މެޗުގެ 87 ވަނަ މިނިޓުގައި ޖަހައިދިނީ އެޓީމުގެ އަހުމަދު ހާމީއެވެ.
މަރަދޫ ޓީމުން އިއްޔެގެ މެޗުގައި ކާމިޔާބު ކުރި 2 ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ވިޝާން ހަބީބް ކާމިޔާބު ކުރި އިރު ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ހުސައިން އައިކެވެ.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިއަހަރު ސ. އަތޮޅުގެ ހަތަރު ރަށަކުން 4 ޓީމް ވާދަ ކުރެއެވެ. އެއީ ހިތަދުއާއި ފޭދޫގެ އިތުރުން މަރަދޫ އަދި މަރަދޫ ފޭދޫއެވެ.
މިމުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ގައެވެ. މިމެޗުގައި ބައްދަލު ކުރާނީ ފޭދޫ އާއި މަރަދޫ ފޭދޫއެވެ.