މަޝްހޫރު ޑައިރެކްޓަރު ފަރްހާން އަޚްތަރުގެ ޕާސަނަލް ފޭސްބުކް އެކައުންޓް ޑިލީޓްކޮށްލައިފި އެވެ
ފަރްހާން އޭނާގެ އޮފިޝަލް ޓްވީޓާ އެކައުންޓުން މެދުވެރިކޮށް ކުރި ޓުވިޓެއްގައި ފޭސްބުކް އެކައުންޓް ޑިލީޓްކޮށްފައިވާކަމަށް ބުނެފައިވާއިރު މިކަމާއި ބެހޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. ” އަހަރެންގެ ފޭސްބުކް ޕާސަނަލް އެކައުންޓް ޑިލީޓްކޮށްލައިފިން.އެހެންނަމަވެސް ވެރިފައިޑް ޕޭޖު ފަރްހާން އަކްތަރް ލައިވް ބޭނުން ކުރަމުން ގެންދާނަން” ފަރްހާން ކޮށްފައިވާ ޓުވިޓްގައި ބުނެފައިވެއެވެ
މިހާރު ދުބާއީ އަދި އަބޫދާބީގައި ‘ޑޮން3’ ގެ މަސައްކަތް ކުރަމުންދާ ފަރްހާން، އޭނާގެ ފޭސްބުކް އެކައުންޓް ޑިލީޓްކުރީ އެސްއެމްއެސް ޑޭޓާ އާއި ކޯލް ރިކޯޑިންގެ މައުލޫމާތު ފޭސްބުކުން އެއްކުރާކަން އޭނާ އަށް ފަޅާއެރުމުންކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ